ކުލަގަދަ ރަސްމިއްޔާތަކާއެކު ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް މިއަދު ފަށައިފި
# ކާށިދޫ ކައުންސިލް# ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2026# އެމްޖީ ސްޕޯޓްސް ކުލަބު# ދިވެހި ކުޅިވަރުކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް
އެމްޖީ ސްޕޯޓްސް ކުލަބުގެ ފަރާތުން އިންތިޒާމުކޮށް ކުރިއަށް ގެންދާ ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2026، ކުލަގަދަ ރަސްމިއްޔާތަކާއެކު މިއަދު ހަވީރު ފަށައިފިއެވެ.

ކާށިދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުރިއަށްދިޔަ މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކާށިދޫ ކައުންސިލްގެ ރައީސް އަލް އުސްތާޡު ސޮބާޙް މުހައްމަދު އެވެ. އަދި މިރަސްމިއްޔާތުގައި ކައުންސިލްގެ ނައިބް ރައީސް އާއި މެންބަރުންގެ އިތުރުން ކާށިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސް އަދި ޑަބުލިޔުޑީސީގެ މެންބަރުންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވިއެވެ.
މުބާރާތް ފެށުމުގެ ގޮތުން ކުޅޭ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އެސްޕީ ސްޕޯޓްސް ކުލަބާއި އެމްޖީ ފުޓްބޯޅަ ކުލަބު މިހާރު ވާދަކުރަމުންދާއިރު، މިއީ މުބާރާތުގެ ގުރޫޕް އޭގެ މެޗެކެވެ. އަދި މިދެޓީމު މިދިޔަ އަހަރުގެ ފައިނަލުގައި ވާދަކުރި މެޗު އެސްޕީ ސްޕޯޓްސް ކުލަބުން ކާމިޔާބުކުރީ ޕެނަލްޓީ ޝޫޓްއައުޓުގައި 5-6 ގެ ނަތީޖާއަކުންނެވެ.
24 ޖުލައި 2026 އިން 31 ޖުލައި 2026 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި، މިއަހަރު ޖުމްލަ ހަ ޓީމެއް ވާދަކުރާއިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި ހަ ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީ ފައިނަަށް ހޮވޭއިރު، ސެމީގެ ދެމެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހު އެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހުގެ ހަވީރު އެވެ.
އެމްޖީ ސްޕޯޓްސް ކުލަބުން އިންތިޒާމުކުރާ މި މުބާރާތުގެ އޮފިޝަލް ސްޕޯޓްސް ލެގަސީ ޕާޓްނަރަކަށް، މެޗު ފޯރި ހަމަޖައްސާފައިވާއިރު، އޮފިޝަލް ޑިޖިޓަލް ޕާޓްނަރަކީ ސަބްސްކްރިޕްޝަން އެމްވީ އެވެ. އަދި އޮފިޝަލް ކިޓް ޕާޓްނަރަކަށް އެން-ވެއާ ހަމަޖައްސާފައިވާއިރު، އޮފިޝަލް ޕްރިންޓިން ޕާޓްނަރަކީ ޝަވިޔާނީ ޕްރިންޓާސް އެވެ.
މުބާރާތުގެ އޮފިޝަލް ޓެކްނިކަލް ޕާޓްނަރަކީ ރައިވީނާ އެވެ. އަދި އޮފިޝަލް ކޭޓަރިން ޕާޓްނަރަކީ ޔާސް ބައިޓްސް އެވެ. އަދި އޮފިޝަލް ސައުންޑް ޕާޓްނަރަކީ ވައިބްސް ލައުންޖް އެވެ. އަދި އޮފިޝަލް ކަނެކްޓިވިޓީ ޕާޓްނަރަކަށް އެޓޯލް ޑައިނަމިކްސް ހަމަޖައްސާފައިވާއިރު، އޮފިޝަލް ޓްރެވަލް ޕާޓްނަރުންނަކީ ވެލާ އެކްސްޕްރެސް އަދި އާރެސް އެވެ. އަދި އޮފިޝަލް ބެވަރޭޖް ޕާޓްނަރ: Ķï Ņ�ü
މީގެ އިތުރުން މުބާރާތުގެ ސަޕޯޓިން ޕާޓްނަރުންގެ ތެރޭގައި ސެލިއުޓް+، ބަރަކާއީ، ޔުނީކް ޓޭސްޓީ، ރީފް ކެފޭ، ޓޮކްސިކް ބޯއީސް، ޑައިމަންޑް ރޫޓް، ތޫލް، އަދި އަލްބާ ސެލެސްޓޭ ހިމެނޭއިރު، މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.
ގުޅުންހުރި
ކުލަގަދަ ރަސްމިއްޔާތަކާއެކު ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް މިއަދު ފަށައިފި

މިއަދު ފަށާ ކާށިދޫ ކައުންސިލް ފުޓްބޯލް ޗެލެންޖް 2026ގައި ވީހާވެސް ގިނަ ބަޔަކު ޝާމިލުވުމަށް ކައުންސިލްގެ ދައުވަތު!
.jpg&w=3840&q=75)
ފުޓުބޯޅައިގެ "ބޮޑު އީދަކަށް" ކާށިދޫ ތައްޔާރުވެފައި: ކައުންސިލް ފުޓްބޯޅަ ޗެލެންޖް މާދަމާ ފަށަނީ




