
ދަރްމެންދްރަ ޕްރަދާން
އިންޑިއާގެ ޔޫނިއަން އެޑިއުކޭޝަން މިނިސްޓަރު ދަރްމެންދްރަ ޕްރަދާން އިސްތިއުފާދެއްވައިފިއެވެ.

އެގައުނމުގެ ނޫސްތަކުން ހާމަކޮށްފައިވާ ގޮތުގައި އޭނާ އިސްތިއުފާގެ ސިޓީ މިއަދު ވަނީ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ހުށަހަޅާފައެވެ. އަދި އޭނާ އިސްތިއުފާ ދެއްވާފައި މިވަނީ އޭނާގެ އިސްތިއުފާއަށް ގޮވާލާ އެ ގައުމުގެ ޒުވާނުން ކުރަމުންދާ މުޒާހަރާތައް ހުއްޓާނުލައި އިތުރަށް ހޫނުވަމުންދާ ދަނޑިވަޅެއްގައެވެ.
ޕްރަދާން އިސްތިއުފާއަށް ފަހު ނެރުއްވި ސިޓީގައި އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް ބުނެފައިވަނީ ޤގައުމުގެ އެއްބައިވަންތަކަމާއި ދަރިވަރުންގެ ކުރިމަގު ޤާނޫނީ އޮޅުންބޮޅުންތަކުގެ ތެރެއަށް ވެއްޓިގެން ދިޔަ ނުދިނުމެވެ. އެސިޓީގައި ހަތަރު އަހަރަށް ވުރެ ގިނަ ދުވަހު ތަޢުލީމީ ދާއިރާގައި ޚިދުމަތް ކުރެއްވިކަން ފާހަގަކުރައްވާ، ދަރިވަރުންގެ ހުވަފެންތައް ހަގީގަތަކަށްތަކަށް ހެދުމަކީ ހަނދާން ނައްތާ ނުލެވޭނެ ވަޢުދެއް ކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ.
މިނިސްޓަރު އިސްތިއުފާ ދެއްވުމުން ޒުވާނުން ގުޅިގެން އުފައްދާފައިވާ ސީޖޭޕީ ޖަމާޢަތުން ބުނީ އަދިވެސް ދެ ޝަރުތެއް ސަރުކާރުން ފުރިހަމަ ނުކުރާ ކަމަށެވެ. މިނިސްޓަރުގެ އިސްތިއުފާގެ އިތުރުން ސީޖޭޕީން ޝަރުތު ކުރި ކަންކަމުގެ ތެރޭގައި އިމްތިހާނު ކެންސަލް ކުރުމުން އެކަމުގެ އަސަރު ކޮށްގެން އަމިއްލަ މަރުވި ދަރިވަރުންގެ އާއިލާތަކަށް ބަދަލު ދިނުން ހިމެނެ އެވެ. އެކަމަށް ސަރުކާރުން ވަނީ އެއްބަސްވެފައި އެވެ.
އޭނާގެ އިސްތިއުފާއަށް ގޮވަން ފަށާފައިވަނީ ޑޮކްޓަރުން ކިޔެވުމަށް ފަހު ވަޒީފާއަށް ވަނުމުގެ ކުރިން ހަދާ ގައުމީ އިމްތިހާން "ނީޓް" ގެ ޕޭޕަރު ލީކުވި މައްސަލައިގަ އިމްތިހާނު ކެންސަލް ކުރުމުންނެވެ.




