logoEN
WAMCO TOP 1
އަމްރިތާ ހޮސްޕިޓަލަށް ދިވެހިން ފޮނުވުން މެދުކަނޑާލައިފި

އަމްރިތާ ހޮސްޕިޓަލަށް ދިވެހިން ފޮނުވުން މެދުކަނޑާލައިފި

# އަމްރިތާ ހޮސްޕިޓަލް# އިންޑިއާ# އާސަންދަ# އެންސްޕާ

އަމްރިތާ ހޮސްޕިޓަލް

ދިވެހިން އެންމެގިނައިން ބޭސްފަރުވާއަށް ދާ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށް ދިވެހިން ފޮނުވުން މެދުކަނޑާލައިފިއެވެ.

THE TRAVELLER AD

އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ އާ ހަވާލާދީ ރާއްޖޭގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ ކޮޗިންގައި ހުންނަ ހޮސްޕިޓަލާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާ ކަމަށެވެ. އެހެންކަމުން އާ ކޭސްތަކުގައި ހިމެނޭ މީހުން އެ ހޮސްޕިޓަލަށް މިހާރުނުފޮނުވާ ކަމަށެވެ.

ޒީނިޔާ އާ ހަވާލާދީ އިތުރަށް ބުނެފައިވަނީ އެއްބަސްވުމުގައި ސޮއިކުރުމަށް މުރާޖައާ ކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް އެ ހޮސްޕިޓަލުން މިހާރު ވެސް ފަރުވާ ހޯދާ މީހުންގެ ފަރުވާ އަށް މެދުކެނޑުމެއް ނާންނާނެ ކަމަށެވެ.

އަމްރިތާ ހޮސްޕިޓަލާ އެކު ކުރިން އެއްބަސްވުން ހަދާފައި އޮތީ ކޮންމެ ޕްރޮސީޖަރއަކަށް ވަކިން ބިލްކުރާ ގޮތަށެވެ. ނަމަވެސް، މިހާރު މަސައްކަތް ކުރަނީ ޕެކޭޖު ހަދައިގެން ފަރުވާ ދިނުމަށް ވަނީ އާސަންދައިން ބުނެފައެވެ. އަމްރިތާ ހޮސްޕިޓަލާއެކު ހަދާފައިވާ އެއްބަސްވުން މުރާޖައާކޮށް، އާ އެއްބަސްވުމުގައި ސޮއިކުރެވޭނެ ދުވަހެއް ވެސް އާސަންދައިން ހާމައެއް ނުކުރެއެވެ.

ކޮމެންޓް
ފަހުގެ
HDC