
އަމްރިތާ ހޮސްޕިޓަލުގެ ޕެކޭޖުތަކުގެ އަގުތައް ލިބިއްޖެ - މުރާޖައާ ކުރަނީ
# އެންސްޕާ# އިންޑިއާ# އާސަންދަ# އަމްރިތާ ހޮސްޕިޓަލްއަމްރިތާ ހޮސްޕިޓަލް
އަމްރިތާ ހޮސްޕިޓަލުގެ ޕެކޭޖުތަކުގެ އަގުތައް ލިބިފައިވާ ކަމަށް އާސަންދަ ކުންފުނިން ހާމަކޮށްފިއެވެ.

އެ ކުންފުނިން މިކަން ހާމަކުރީ ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަމުން މެނޭޖިން ޑިރެކްޓަރ އާމިނަތު ޒީނިޔާއެވެ.
ޒީނިޔާ ވިދާޅުވީ އެއްބަސްވުން އައުކުރުމަށް ތައްޔާރުވެފައިވާ ކަމަށާއި އަގުތައް މުރާޖަޢާ ކުރުމަށްފަހު، ދެފަރާތުން އެއްބަސްވާ އަގުތަކެއް ކަނޑައަޅާ އައު އެއްބަސްވުމުގައި ސޮއިކުރާނެ. ކަމަށް ވިދާޅުވިއެވެ. އެގޮތުން މުއްދަތު ހަމަވުމުގެ 3 ނުވަތަ 4 މަސް ދުވަހުގެ ކުރިން ހޮސްޕިޓަލުތަކަށް ޕެކޭޖުތަކުގެ އަގުތައް ދިނުމަށް އަންގާކަމަށް ވިދާޅުވިއެވެ.
އެހެންނަމަވެސް އަމްރިތާ ހޮސްޕިޓަލަށް އައު ބަލި މީހުން ފޮނުވުން މެދެކަނޑާލާފައިވަނީ އެ ހޮސްޕިޓަލުން ޕެކޭޖުތަކުގެ އަގުތައް ނުދީ އޮތުމުން ކަމަށާއި އެކަމަކު މިހާރުވެސް ހިދުމަތް ހޯދަމުންދާ ފަރާތްތަކަށް މެދުކެނޑުމެއް ނެތި ހިދުމަތް ލިބެމުންދާކަން ޒީނިޔާ ފާހަގަކުރެއްވިއެވެ.
އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލަކީ ގިނަ ޢަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް ގޮސް އުޅޭ ހޮސްޕިޓަލެކެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް އާސަންދައިގެ ދަށުން "މެރަނާ" ސްކީމްގެ ދަށުން ލުއި ފަސޭހަގޮތެއްގައި ސިއްޙީ ޚިދުމަތް ދަނީ ދެމުންނެވެ. މި ޚިދުމަތް ދޭ ޤައުމުތަކުގެ ތެރޭގައި އިންޑިޔާއާއި ސްރީލަންކާއާއި މެލޭޝިޔާ ހިމެނެއެވެ.




