logoEN
WAMCO TOP 1
އެންސްޕާގެ ކޯލް ސެންޓަރު އައްޑޫގައި ޤާއިމްކޮށްފި

އެންސްޕާގެ ކޯލް ސެންޓަރު އައްޑޫގައި ޤާއިމްކޮށްފި

އަހުމަދު ޝުރާއު

logo

7/1/2026, 6:59:48 AM

# އެންސްޕާ

-

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ޚިދުމަތްތައް ރައްޔިތުންނަށް މިހާރަށްވުރެ ގާތުން އަދި ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ ގޮތުން، އެ އެޖެންސީގެ އައު ކޯލް ސެންޓަރު އެންސްޕާ އައްޑޫ އޮފީހުގައި ޤާއިމްކޮށް ރަސްމީކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.

THE TRAVELLER AD

މި ބަދަލާއެކު، އެންސްޕާގެ ކޯލް ސެންޓަރުގެ ޚިދުމަތްދޭ ގަޑިތަކަށް ސިއްޙީ ވުޒާރާއިން ވަނީ ބޮޑު އިތުރުވުމެއް ގެނެސްދީފައެވެ. ކުރިން ހަމައެކަނި ރަސްމީ ދުވަސްތަކުގެ ރަސްމީ ގަޑިތަކުގައި ޚިދުމަތް ދެމުން އައި ނަމަވެސް، މިއަދުން ފެށިގެން ހުކުރު ދުވަސް ފިޔަވައި ހަފުތާގެ ހުރިހާ ދުވަހެއްގައި އާންމުންނަށް ގުޅޭނެއެވެ.

ސިއްޙީ ވުޒާރާއިން ހާމަކުރި ގޮތުގައި، އަލަށް ގެނައި ބަދަލާއެކު ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 10:00 އާ ހަމައަށް އެންސްޕާގެ ކޯލް ސެންޓަރުގެ ޚިދުމަތް ހުޅުވާލެވިފައި ހުންނާނެއެވެ. މި ބަދަލުގެ ސަބަބުން އެންސްޕާގެ މާލީ އެހީތެރިކަމާއި އެކި އިނާޔަތްތައް ހޯދާ ރައްޔިތުންނަށް، އެފަރާތްތަކުން ހުށަހަޅާފައިވާ ފޯމުތަކުގެ އެންމެ ފަހުގެ އަދާހަމަ އާއި ޚިދުމަތްތަކުގެ މަޢުލޫމާތު މާ ފަސޭހައިން އޮޅުންފިލުވުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.

އެންސްޕާއިން ދެމުންދާ މެޑިކަލް ވެލްފެއަރ ނުވަތަ ބޭސްފަރުވާގެ އެހީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ މާލީ އިނާޔަތްތަކުގެ އިތުރުން ފޯމު ފުރުމުގައި ދިމާވާ ދަތިތަކަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެންސްޕާގެ ހޮޓްލައިން ނަންބަރު '1402' އަށް ގުޅައިގެން ހުރިހާ މަޢުލޫމާތެއް ސާފުކުރެވޭނެއެވެ. މީގެ އިތުރުން، އެޖެންސީގެ ގިނަ ޚިދުމަތްތަކަކަށް މިހާރު ޑިޖިޓަލްކޮށް 'ވަންގަވް' ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ފޯމު ހުށަހެޅޭނެ އިންތިޒާމުވެސް ވަނީ ފަހިކޮށްދީފައެވެ.

އެގޮތުން ވަންގަވް މެދުވެރިކޮށް ހުށަހެޅޭނެ ޕްރޮގްރާމްތަކުގެ ތެރޭގައި ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ މާލީ އެހީއާއި، ކާބޯތަކެތި ގަތުމަށް ދޭ އެހީގެ އިތުރުން ތެލެސީމިއާ އެލަވަންސް ހިމެނެއެވެ. ހަމައެއާއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާގެ އެހީގެ ޕްރޮގްރާމްތަކާއި، މައިންބަފައިންގެ އެހީތެރިކަމެއް ނެތި ކުދިން ބަލަހައްޓާ ފަރާތްތަކަށް ދޭ މާލީ އެހީގެ ޕްރޮގްރާމްތަކަށްވެސް މިހާރު ވަންގަވް މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ.

ކޮމެންޓް
ފަހުގެ
HDC