
އަތޮޅުތަކުގެ ގޮނޑުދޮށް ބަލަހައްޓާނެ ޕްލޭން އެކުލަވައިލުމަށް މަޝްވަރާކޮށްފި
# މޫސުން# ގޮނޑުދޮށް ހިމާޔަތް ކުރުން# މޫސުމަށް އަންނަ ބަދަލުތައްފޮޓޯ: މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ
ދިވެހިރާއްޖޭގައި މޫސުމީ ބަދަލުތަކަށް ހޭނިފައިވާ ރައްކާތެރި ރަށްތަކެއް ބިނާކުރުމަށް ހިންގާ "ބިލްޑިންގ ކްލައިމެޓް ރެސިލިއަންޓް ސޭފަރ އައިލެންޑްސް އިން ދަ މޯލްޑިވްސް" މަޝްރޫޢުގެ ދަށުން، އަތޮޅުތަކުގެ ގޮނޑުދޮށް ބަލަހައްޓާނެ ޕްލޭން އެކުލަވައިލުމުގެ މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

މި މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވަނީ ލ. ފޮނަދޫ، ލ. ގަން، ލ. އިސްދޫ އަދި ސ. މީދޫ ކައުންސިލްތަކުގައެވެ. މި ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދަކީ އެ ރަށްރަށުގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ގޮނޑުދޮށް ބެލެހެއްޓުމަށްޓަކައި އެކުލަވައިލާ "ކޯސްޓަލް ޒޯން މެނޭޖްމަންޓް ޕްލޭން" އަށް ބޭނުންވާ މަޢުލޫމާތާއި ޚިޔާލު ހޯދުމެވެ.
މި ބައްދަލުވުންތަކުގައި ކައުންސިލްތަކުގެ މެންބަރުންނާއި، ކަމާބެހޭ މުހިންމު ފަރާތްތަކުން ބައިވެރިވެ، ރަށްރަށުގެ ގޮނޑުދޮށްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.

މިއީ ރާއްޖޭގެ ރަށްތަކަކީ މޫސުމީ ބަދަލުތަކަށް ކެތްކުރެވޭނެ، ރައްކާތެރި ތަންތަނަށް ހެދުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތުގެ ތެރެއިން ހިންގުނު ހަރަކާތެކެވެ. މި މަޝްރޫޢުގެ ސަބަބުން ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ރޭވުމުގައި ތިމާވެށީގެ ކަންކަމަށް އިސްކަންދީ، ގޮނޑުދޮށްތައް ހިމާޔަތްކުރުމަށް އިތުރު ބާރަކަށް ވެގެންދާނެއެވެ.






