
ބޭސް ހޯދުމުގައި އާންމުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ސްޓޭޓްފާމާގެ ޚާއްސަ ހޮޓްލައިންއަކާއި ޕޯޓަލްއެއް!
# ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން-
ރާއްޖެއަށް ބޭސް އެތެރެކުރާ ގައުމީ ކުންފުނި، ސްޓޭޓް ފާމަސޫޓިކަލްސްއިން ބޭސް ހޯދުމުގައި އާންމުންނަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި ޙާއްސަ، ހޮޓްލައިނަކާއި ޑިޖިޓަލް ޕޯޓަލްއެއް ތައާރަފްކޮށްފި އެވެ.

ސްޓޭޓް ފާމަސޫޓިކަލްސް އަކީ ދިވެހިރާއްޖޭގެ ބޭސްފަރުވާއާއި ގުޅޭ އެންމެހާއި ޚިދުމަތްތަކެއް ރާއްޖޭގެ ހުރިހާ ހިސާބަކަށް ދެމެހެއްޖެނެވި ހަރުދަނާ ގޮތެއްގައި ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ "ނަންބަރު: 2025/23 ޤަރާރުން އުފައްދަވާފައިވާ ކޯޕަރޭޝަނެކެވެ.
އެކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައ ބުނީ ދިވެހިރާއްޖޭގެ ސިއްޙީ ނިޒާމު ޒަމާނީ ފެންވަރަށް ވިލަރެސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ .ޑރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން، ބޭހާއި ސިއްޙީ އާލާތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ޚިދުމަތް، މިހާރަށްވުރެ ފުޅާކުރުމަށް އެކުންފުނީން މުހިއްމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
މިގޮތުން މިކުންފުނިން ދެވޭ ޚިދުމަތްތަކަކީ ރައްޔިތުންނާއި ގާތުން ރައްޔިތުންނަށް ފަސޭހައިން ފޯރުކޮށްދެވޭ، ޚިދުމަތްތަކަކަށް ހެދުމުގެ ބޭނުމުގައި 24 ގަޑިއިރު ބޭހުގެ ޚިދުމަތް ހޯދުމަށް އެދި ގުޅޭނެ ޙާއްސަ ހޮޓްލައިން "1505" ރަސްމީކޮށް މިއަދު ވަނީ ތައާރަފްކޮށްފައެވެ. މިގޮތުން ޒަރޫރީ ބޭސްތައް ހޯދުމުގައި ރައްޔިތުންނަށް އެއްވެސް، ދަތިކަމެއް ކުރިމަތިވާނަމަ މިހޮޓްލައިން، މެދުވެރިކޮށް ބޭހަށް. އޯޑަރުކުރުމާއި، ބޭސް ލިބޭނެ އިންތިޒާމުތައް، ހަމަޖައްސައިދެވޭނެ ކަމުގައި އެކޯޕަރޭޝަނުން ވަނީ ބުނެފައި އެވެ.
އަދި، މީގެ އިތުރުން، އޫ-ފާސް" މެދުވެރިކޮށް ކޮންމެ ރައްޔިތަކަށްވެސް ވަދެވޭ ގޮތަށް، ސްޓޭޓްފާމާ ޕޯޓަލް އިން ބޭސް ހޯދުމަށް، އެދުމާއި، އެދިފައިވާ ބޭސް ލިބުމުގެ އެންމެފަހުގެ އަދާހަމަ، އަކީ ކޮބައިކަން. ދެނެގަނެވޭނެ ގޮތްވެސް ވަނީ ހަދާފައި އެވެ. މިޕޯޓަލް ފަރުމާކުރެވިފައިވަނީ އެންސްޕާގެ ނިޒާމާއި ގުޅުވާލެވިގެން ކަމަށްވާތީ މިހާރުވެސް ހިނގަމުންދާ ނިޒާމުގެ ތެރެއިންނާއި، ސްޓޭޓްފާމާ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ހުށަހެޅުންތަކަށް އަވަސް. ޚިދުމަތެއް ލިިގެންދާނެ ކަމަށް ވަނީ ބުނެފައި އެވެ.
ސްޓޭޓް ފާމަސޫޓިކަލްސްއިން ބުނީ މި މަސައްކަތުގެ މައިގަނޑު މަޤްސަދަކީ އާންމު ރައްޔިތުންނަށް ލުއިފަސޭހަކަމާއި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ބޭހުގެ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށާއި އެހެންކަމުން، ހޯއްދަވަން ބޭނުންވާ ބޭހުގެ މަޢުލޫމާތު ހިއްސާކުރުމަށް ހޮޓްލައިން ނަންބަރު "1505. ނުވަތަ ސްޓޭޓްފާމާ ޕޯޓަލް" މެދުވެރިކޮށް ހުށަހެޅުމަށް އެދޭކަމަށެވެ.
.gif&w=3840&q=75)




