
ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް ސެންޓަރުތައް ޤާއިމްކުރުމުގެ މަސައްކަތް އަންނަ އަހަރަށް ނިންމާލަނީ
# ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ޒުވާނުންގެ ދުޅަހެޔޮކަމާއި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ހިންގާ ބޮޑު މަޝްރޫޢުގެ ދަށުން، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ތަރައްޤީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް (އެފްއާރްސީ) އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.

ރައީސް މިކަން ހާމަކުރެއްވީ "ދަ ޕަލްސް" ޕްރޮގްރާމްގެ ފަސްވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި، މިހާރު ކުރިއަށްދާ ކުޅިވަރުގެ މަޝްރޫޢުތައް ނިމުމުން ރާއްޖޭގެ ހުރިހާ ރަށެއްގެ ކުޅިވަރުގެ ވަސީލަތްތަކަށް ބޮޑު ބަދަލެއް އަންނާނެއެވެ. އަދި އެއްވެސް ރަށެއް ބާކީނުކޮށް، ކޮންމެ ރަށެއްގައިވެސް ޒަމާނީ ފެންވަރުގެ ފިޓްނަސް ސެންޓަރެއް ޤާއިމްކުރެވޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން މާލޭގެ ސަލްޓަން ޕާކާއި ހުޅުމާލޭގައި އިންޑޯ ގޭމިން ސެންޓަރުތަކާއި، ރޭސިން އަދި ޑްރިފްޓިން ޓްރެކެއްގެ އިތުރުން ގޯކާޓް އެރީނާއެއް އެޅުމަށް ބިން ހަމަޖެހިފައިވާ ކަމަށާއި، މި ހުރިހާ ތަނެއް 2028 ވަނަ އަހަރުގެ ކުރީކޮޅު ނިމޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މުލިއާގޭ ގަރާޖު ހުރި ތަނުގައި ތަރައްޤީކުރި ޒުވާނުންގެ މަރުކަޒަކީ ވަރަށް ކާމިޔާބު ތަނެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، 15 ރަށެއްގައި 1200 މީހުންގެ ޖާގައިގެ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްތައް އެކި މަރުހަލާތަކުގައި ކުރިއަށްދާ ކަމަށެވެ. އަދި މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގައި ޔޫތް ހަބްތައް ހެދުމަށް ބޭނުންވާ ފައިސާ މިހާރު ހަމަޖައްސާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކުޅިވަރުގެ އެހެނިހެން ވަސީލަތްތަކަށް ބަލާއިރު، ރާޅުގަނޑު ސަރަހައްދުގައި ބައިނަލްއަޤުވާމީ ފެންވަރުގެ ސަރފިން ސްޓޭޑިއަމަކާއި، ހުޅުމާލޭގައި ބޯލިން އެރީނާއެއްގެ އިތުރުން ފުޓްސަލް އަދި ނެޓްބޯޅަ ސްޓޭޑިއަމްތަކުގެ މަސައްކަތްވެސް ބާރުމިނުގައި ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. ސަރުކާރުގެ އަމާޒަކީ ކުޅިވަރުގެ ފުރުސަތުތައް ފުޅާކޮށް، ދުޅަހެޔޮ ޒުވާން ޖީލެއް ބިނާކުރުމެވެ.
ގުޅުންހުރި

ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް ސެންޓަރުތައް ޤާއިމްކުރުމުގެ މަސައްކަތް އަންނަ އަހަރަށް ނިންމާލަނީ
މާލޭގެ ވަށަމަގު ތަރައްޤީކުރުން: ދެން ހަދާނީ ނޯތު ހާބަރުން ރަސްފަންނާ ދެމެދު އޮތް ސަރަހައްދު

ގިރިފުށީގެ ބިން އިތުރުކުރުމުގެ މަޝްރޫޢު ހިނގަމުންދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވައިފި





