logoEN
WAMCO TOP 1
ބޮޑުތަކުރުފާނު މަގު: އަލަށް ތަަރައްގީކުރި ސަރަހައްދު ހުޅުވާލައިފި

ބޮޑުތަކުރުފާނު މަގު: އަލަށް ތަަރައްގީކުރި ސަރަހައްދު ހުޅުވާލައިފި

ޖަޒްލާ މުހައްމަދު

logo

7/24/2026, 12:18:04 PM

# އެމްޓީސީސީ# ބޮޑުތަކުރުފާނު މަގު މަޝްރޫއު

ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ސަރަހައްދު- ފޮޓޯ: އެމްޓީސީސީ

މާލޭގެ ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްޤީކުރި ސަރަހައްދު މިއަދު ހަވީރު އާންމުންނަށް ހުޅުވާލައިފި އެވެ.

THE TRAVELLER AD

މާލޭގެ ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްޤީކުރި ބައި މިއަދު ހަވީރު އާންމުންނަށް ހުޅުވާލާފައިވާއިރު، މި މަޝްރޫއުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް އޮތް 700 މީޓަރުގެ ސަރަހައްދު ވަނީ ހަތަރު ލޭނަށް ފުޅާކޮށް ތާރު އަޅައިގެން އަލުން ތަރައްގީކޮށްފަ އެވެ.

އެމްޓީސީސީން ބުނެފައިވަނީ މަގު ހުޅުވާލި ނަމަވެސް ބައެއް ކުދި މަސައްކަތްތައް އަދިވެސް ކުރަމުންދާ ކަމަށެވެ. އޭގެ ތެރޭގައި އެއްގަމު ތޮށީގައި ހުރި ސިޑިތަކުގައި ރެއިލިންގ ހަރުކުރުމާއި، ސިޑިތައް ފާހަގަކުރުމަށްޓަކައި ރަތްކުލައިގެ ދަވާދުލާފައިވާ ކާބް ސްޓޯންތައް ބެހެއްޓުމުގެ މަސައްކަތް ހިމެނެ އެވެ.

މި މަޝްރޫއުގެ އެންމެ ފާހަގަކޮށްލެވޭ އެއް ބަޔަކީ މަގު ފެހިކުރުމަށް ދީފައިވާ އިސްކަމެވެ. އެގޮތުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މާލެ ނޯތު ހާބަރާ ހަމައަށް 3,100 އަށްވުރެ ގިނަ ގަސް ވަނީ އިންދާފައެވެ. މީގެ ތެރޭގައި ރައީސް އޮފީސް ކުރިމަތީގައި އިންދާފައިވާ ދިވެހި ރުށްތަކާއި، ހޭޅިފަށުގައި ހެދޭ ޒާތުގެ ގަސްތަކުގެ އިތުރުން ރީތި ބަގީޗާ ގަސްތައް ހިމެނެ އެވެ.

މީގެ ތިން މަސް ކުރިން ފެށި މި މަޝްރޫއަކީ ފަޅުން ބައެއް ހިއްކައިގެން މަގު ފުޅާކުރުމަށް ހިންގި މަޝްރޫއެކެވެ. މަގުގެ މި ސަރަހައްދުގައި އުޅަނދުތައް ޕާކްކުރުން މަނާކޮށްފައިވާއިރު، ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައި 500 ސައިކަލުގެ ޖާގައިގެ ޕާކިންގ ޒޯނެއް ވަނީ ގާއިމުކޮށްފަ އެވެ.

ކޮމެންޓް
ފަހުގެ
HDC