logoEN
WAMCO TOP 1
47 މިލިއަން ރުފިޔާގެ ބިލެތްފަހި ބަނދަރު މަޝްރޫޢު ނިމުމަކާ ގާތަށް

47 މިލިއަން ރުފިޔާގެ ބިލެތްފަހި ބަނދަރު މަޝްރޫޢު ނިމުމަކާ ގާތަށް

އަހުމަދު ޝުރާއު

logo

7/22/2026, 3:25:35 PM

# އެމްޓީސީސީ

-

ށ. ބިލެތްފަހި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ 93 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

THE TRAVELLER AD

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާއިރު، ސައިޓުގައި މިހާރު ކުރިއަށްދަނީ ބޭރު ތޮށީގައި ހިލަ ޖެހުމުގެ ފަހުގެ މަސައްކަތްތަކެވެ.

މި މަޝްރޫޢުގެ ދަށުން އައު ބަނދަރާއި ނެރު ފުންކުރުމުގެ މަސައްކަތުގެ އިތުރުން، ބޭރުތޮށި ޖެހުމާއި، ކީވޯލް ޖެހުމާއި، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ. މީގެ އިތުރުން، މޫރިންގ ބްލޮކްސް ހަރުކުރުމާއި، ރޭމްޕެއް ލުމާއި، ޕޭވްމެންޓް ހެދުމުގެ އިތުރުން ބަނދަރުގައި ލައިޓްސް ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

ށ. ބިލެތްފަހި ބަނދަރު އަޕްގްރޭޑް ކުރުމުގެ މި މުހިންމު މަޝްރޫޢަކީ 47.09 މިލިއަން ރުފިޔާގެ އަގުހުރި މަޝްރޫޢެކެވެ. މި މަޝްރޫޢު ނިމިގެންދިއުމުން އެ ރަށުގެ ލަފާފުރުމުގެ ދަތިތަކަށް ބޮޑު ލުޔެއް ލިބި، އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ރަށަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

ކޮމެންޓް
ފަހުގެ
HDC