
ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްޤީކުރި ސަރަހައްދު މިއަދު ހަވީރު ހުޅުވަނީ
# އެމްޓީސީސީ# ބޮޑުތަކުރުފާނު މަގު މަޝްރޫއުމާލޭގެ ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްޤީކުރި ސަރަހައްދު
މާލޭގެ ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްޤީކުރި ސަރަހައްދު މިއަދު ހަވީރު އާންމުންނަށް ހުޅުވާލުމަށް ނިންމައިފިއެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްޤީކުރި ބައި މިއަދު ހަވީރު އާންމުންނަށް ހުޅުވާލުމަށް އެމްޓީސީސީން ނިންމިއިރު، މި މަޝްރޫއުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް އޮތް 700 މީޓަރުގެ ސަރަހައްދު ވަނީ ހަތަރު ލޭނަށް ފުޅާކޮށް ތާރު އަޅައިގެން އަލުން ތަރައްޤީކޮށްފައެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި މަގު ހުޅުވާލި ނަމަވެސް ބައެއް ކުދި މަސައްކަތްތައް އަދިވެސް ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި އެއްގަމު ތޮށީގައި ހުރި ސިޑިތަކުގައި ރެއިލިންގ ހަރުކުރުމާއި، ސިޑިތައް ފާހަގަކުރުމަށްޓަކައި ރަތްކުލައިގެ ދަވާދުލާފައިވާ ކާބް ސްޓޯންތައް ބެހެއްޓުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫއުގެ އެންމެ ފާހަގަކޮށްލެވޭ އެއް ބަޔަކީ މަގު ފެހިކުރުމަށް ދީފައިވާ އިސްކަމެވެ. އެގޮތުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މާލެ ނޯތު ހާބަރާ ހަމައަށް 3,100 އަށްވުރެ ގިނަ ގަސް ވަނީ އިންދާފައެވެ. މީގެ ތެރޭގައި ރައީސް އޮފީސް ކުރިމަތީގައި އިންދާފައިވާ ދިވެހި ރުށްތަކާއި، ހޭޅިފަށުގައި ހެދޭ ޒާތުގެ ގަސްތަކުގެ އިތުރުން ރީތި ބަގީޗާ ގަސްތައް ހިމެނެއެވެ.
މީގެ ތިން މަސް ކުރިން ފެށި މި މަޝްރޫއަކީ ފަޅުން ބައެއް ހިއްކައިގެން މަގު ފުޅާކުރުމަށް ހިންގި މަޝްރޫއެކެވެ. މަގުގެ މި ސަރަހައްދުގައި އުޅަނދުތައް ޕާކްކުރުން މަނާކޮށްފައިވާއިރު، ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައި 500 ސައިކަލުގެ ޖާގައިގެ ޕާކިންގ ޒޯނެއް ވަނީ ގާއިމުކޮށްފައެވެ.
ގުޅުންހުރި

ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްޤީކުރި ސަރަހައްދު މިއަދު ހަވީރު ހުޅުވަނީ

ތުލުސްދޫ "އިސްރަށްވެހިންގެ ހިޔާވަހި" ގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފި





