
މިއީ ގުޅުމަކީ ފުޓްސަލް ޗެލެންޖް 2026 ގެ ޓައިޓަލް ސްޕޮންސަރަކަށް ކާށިދޫ ކައުންސިލް
# ކާށިދޫ ކައުންސިލް# ދިވެހި ކުޅިވަރު # މިއީ ގުޅުމަކީ ފުޓްސަލް ޗެލެންޖް 2026އަލީ ޒިދާން (ކ) އަދި ފާތިމަތު ސަހްލާ ޒާހިރު.. ކާށިދޫ ކައުންސިލް
އެމްޖީ ސްޕޯޓްސް ކުލަބާއި ބެންބޫ ގުޅިގެން ކ.ކާށިދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ، "މިއީ ގުޅުމަކީ ފުޓްސަލް ޗެލެންޖް 2026" ގެ ޓައިޓަލް ސްޕޮންސަރަކަށް ކާށިދޫ ކައުންސިލް އިދާރާ ހަމަޖައްސައިފިއެވެ.

މުބާރާތުގެ ޓައިޓަލް ސްޕޮންސަރާއެކު ކާށިދޫ ކައުންސިލްގެ އިދާރާގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ކާށިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ނައިބު ރައީސް ފާތިމަތު ސަހްލާ ޒާހިރް އެވެ. އަދި މުބާރާތުގެ އިންތިޒާމް ކޮމެޓީގެ ފަރާތުން ސޮއިކުރެއްވީ އަލީ ޒިދާން އެވެ.މިމުބާރާތަކީ ކާށިދޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަށް އާލާކުރުމުގެ އިތުރުން، ކާށިދޫގެ ކުލަބު ޖަމްއިއްޔާތަކާއި ސަރުކާރުގެ މުއްސަސާތަކުގެ މެދުގައި ވާދަވެރި ރޫހެއްގައި ފުޓްސަލް މުބާރާތެއް ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ އިތުރުން ރަށު ފެންވަރުގައި ޒުވާނުންނަށް ފުޓްސަލްގެ ހުނަރު ދައްކާލަދިނުމުގެ ފުރުސަތު ހޯދައިދިނުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ.19 މާޗް 2026 ވަނަ ދުވަހު ފެށުމަށް ހަަމަޖެހިފައިވާ މިމުބާރާތުގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.
ގުޅުންހުރި

މިއީ ގުޅުމަކީ ފުޓްސަލް ޗެލެންޖް 2026 ގެ ޓައިޓަލް ސްޕޮންސަރަކަށް ކާށިދޫ ކައުންސިލް

ސްޕޯޓްސް އެވޯޑް: ކުޅިވަރަށް ޚިދުމަތްކުރުމުގެ ޚާއްސަ އެވޯޑް ސާއިދުއަށް

ޑައިމަންޑް ޖުބިލީ އިންވިޓޭޝަނަލް ކަޕް ސީއެޗްއެސްއީ މާލެ އިން ކާމިޔާބު ކޮށްފި

.gif&w=3840&q=75)



