logoEN
WAMCO TOP 1
ފުޓުބޯޅައިގެ "ބޮޑު އީދަކަށް" ކާށިދޫ ތައްޔާރުވެފައި: ކައުންސިލް ފުޓްބޯޅަ ޗެލެންޖް މާދަމާ ފަށަނީ

ފުޓުބޯޅައިގެ "ބޮޑު އީދަކަށް" ކާށިދޫ ތައްޔާރުވެފައި: ކައުންސިލް ފުޓްބޯޅަ ޗެލެންޖް މާދަމާ ފަށަނީ

# ކ. ކާށިދޫ# ކާށިދޫ ކައުންސިލް# ފުޓުބޯޅަ

ކާށިދޫ ކައުންސިލް ފުޓްބޯލް ޗެލެންޖަށް ދަނޑުގައި ތައްޔާރުވަމުން ދަނީ -- ފޮޓޯ: ގާފު

ކ. ކާށިދޫއިން، ޒިދާން މުޙައްމަދު، ގާފު: ކ. ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2026 ފެށުމަށް 24 ގަޑިއިރަށްވުރެ ކުޑަތަންވެފައިވާއިރު، ރަށުގެ ފުޓްބޯޅައިގެ ރަސްކަން ހޯދުމަށް ހަ ޓީމަކުން އަންނަނީ ވަރުގަދައަށް ތައްޔާރުވަމުންނެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 24 ޖުލައި 2026 ވާ ހުކުރު ދުވަހުގެ ހަވީރު 3:50 ގައި ކާށިދޫ ފުޓްބޯޅަ ދަނޑުގައެވެ.

THE TRAVELLER AD

އެމް.ޖީ ސްޕޯޓްސް ކްލަބުން އިންތިޒާމުކުރާ މި އަހަރުގެ މުބާރާތުގައި ހަ ޓީމެއް ދެ ގްރޫޕަކަށް ބަހާލާފައިވާއިރު، ކޮންމެ ގްރޫޕަކުން އެންމެ މޮޅު ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގެ އެންމެ ފަހުގެ ތައްޔާރީތައް ކާށިދޫ ފުޓުބޯޅަ ދަނޑުގައި ކުރިއަށްދާއިރު، މުބާރާތް ފެށުމުގެ ގޮތުން ކުލަގަދަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

undefinedކާށިދޫ ކައުންސިލް ފުޓްބޯލް ޗެލެންޖަށް ދަނޑުގައި ތައްޔާރުވަމުން ދަނީ -- ފޮޓޯ: ގާފު

މި މުބާރާތުގެ ގްރޫޕް އޭ ވެގެންދާނީ މުބާރާތުގެ އެންމެ ވާދަވެރި ގްރޫޕަށެވެ. މި ގްރޫޕުގައި ހިމެނެނީ 2024 ގެ ޗެމްޕިއަން އަދި 2025 ގެ ޗެމެްޕިއަން އެމް.ޖީ ފުޓްބޯޅަ ޓީމް، 2025 ގެ ޗެމްޕިއަން އެސް.ޕީ ސްޕޯޓްސް ކްލަބް އަދި ނަމަވެސް އެވެ. މިދިޔަ ދެ އަހަރުގެ ޗެމްޕިއަނުންނާއި ރަނަރަޕުން އެއް ގްރޫޕެއްގައި ހިމެނުމާއެކު ފޯރިގަދަވާނެ ކަމަށް ބެލެވެއެވެ.

undefinedކާށިދޫ ކައުންސިލް ފުޓްބޯލް ޗެލެންޖަށް ދަނޑުގައި ތައްޔާރުވަމުން ދަނީ -- ފޮޓޯ: ގާފު

ގްރޫޕް ބީގައި ހިމެނެނީ އީ.އެން އެފް.ޓީ، އެން.ޖީ ސްޓާޓިންގް އަދި 2023 ގެ ޗެމްޕިއަން ފްލަޔާސް އެވެ. ކުރީގެ ޗެމްޕިއަން ފްލަޔާސް އިން ތަށި އަލުން ހޯދުމަށް މަސައްކަތް ކުރާއިރު، އަނެއް ދެ ޓީމުގެ އަމާޒަކީ މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކައި ނޮކްއައުޓް ބުރަށް ދަތުރުކުރުމެވެ.

މި މުބާރާތުގައި ރާއްޖޭން ބޭރުގެ އަދި ރާއްޖޭގެ ހުނަރުވެރި ކުޅުންތެރިންގެ ހުނަރު ފެނިގެންދާނެއެވެ. ހާއްސަކޮށް ކާށިދޫގެ ފުޓުބޯޅަ ކުޅުންތެރިންގެ ހުނަރު ދަނޑުމަތިން ފެނިގެންދާނެއެވެ. އަދި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ގާފު ސްޕޯޓްސް" އިން މުބާރާތުގެ ހަބަރުތައް ގެނެސްދިނުމުގެ އިތުރުން މުބާރާތުގެ ހުރިހާ މެޗެއް ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މެޗް ފޯރި، ސަބްސްކްރިޕްޝަން އެމްވީ، އެން-ވެއާ، ށަވިޔަނި ޕްރިންޓާސް، ރައިވެރިނާ، ޔާސް ބައިޓްސް، ވައިބްސް ލައުންޖް، ކިންގޫ، އެޓޯލް ޑައިނަމިކްސް، ވެލާ އެކްސްޕްރެސް އަދި އާރެސް ފަދަ ގިނަ ޕާޓްނަރުންގެ އެހީތެރިކަމާއެކު މުބާރާތް ވަނީ ވަރަށް ބޮޑަށް ފުރިހަމަކޮށްފައެވެ. ކުރީގެ ޗެމްޕިއަނުންނާއި، ވާދަވެރި ޓީމުތަކުގެ އިތުރުން އަލަށް ނުކުންނަ ޓީމުތަކާއެކު، ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2026 ވެގެންދާނީ ފޯރިގަދަ ކުޅުމެއް ފެނިގެންދާނެ މުބާރާތަކަށެވެ.

ކޮމެންޓް
ފަހުގެ
HDC