ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުން: މަޝްރޫއުގެ ފުރަތަމަ ފޭސް ގެ ހުރިހާ މަސައްކަތެއްވެސް ނިމުމަކާއި ގާތަށް!
# ބޮޑުތަކުރުފާނު މަގު މަޝްރޫއު# އެމްޓީސީސީބޮޑުތަކުރުފާނު މަގުގެ މަސައްކަތްތައް ނިމުމަކާ ގާތަށް- ފޮޓޯ: އެމްޓީސީސީ
މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ފޭސް 1 ގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، މި މަޝްރޫއުގެ ފޭސް 1 ގެ މަސައްކަތްތައް ހުއްޓުމެއްނެތި ބާރަށް ކުރިއަށްދާއިރު، މަގުގެ މާކިންގްެގެ 100 އިންސައްތަ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ. އެގޮތުން ސެގްމެންޓް 2 އަދި 3 ގެ ޕާކިން އޭރިއާއާއި ދުވާރުގެ މަސައްކަތްތައް މިހާރު ވަނީ ފުރިހަމަކޮށްފައެވެ.
މި މަޝްރޫއުގެ ބާކީ ހުރި މަސައްކަތްތައް މިއަދުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ލަފާކުރެއެވެ. މިހާރު ކުރިއަށްދަނީ ޕާކިން ޒޯންގެ މާކިންތަކާއި ލައިޓްތައް ހަރުކުރުމުގެ ފަހުގެ މަސައްކަތްތަކެވެ. އެ ކުންފުނިން ފާހަގަކުރި ގޮތުގައި، މި ހުރިހާ މަސައްކަތެއްވެސް މި ހަފުތާ ނިމުމުގެ ކުރިން އެއްކޮށް ނިންމާލެވޭނެއެވެ.
މި މަޝްރޫއުގެ ދަށުން މި މަހުގެ 7 ވަނަ ދުވަހުގެ ރޭގައި ހެންވޭރު ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށް ވަނީ ތާރު އަޅައި ނިންމާފައެވެ. އަދި ފޮރިން މިނިސްޓްރީން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ތާރު އެޅުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިންމާލާފައެވެ.
މީގެއިތުރުން، މި މަގަކީ ހިތްފަސޭހަ އަދި ހޫނުމަޑު މަގަކަށް ހެދުމަށްޓަކައި ގަސް އިންދުމުގެ ޚާއްޞަ ޕްލޭނެއް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރިން ހާމަކުރައްވާފައެވެ. އަދި މިހާރު ކުރިއަށްދާ ސަރަހައްދުގެ މަސައްކަތް ނިމުމާއެކު، ބޮޑުތަކުރުފާނު މަގު އެމްޕީއެލް ސަރަހައްދުގެ މަގު ހެދުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ، މާލޭގެ ބަނދަރު ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމަށާއި، ބޮޑެތި އުޅަނދުފަހަރަށް ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މުހިންމު އުމްރާނީ މަޝްރޫއެކެވެ.
ގުޅުންހުރި

47 މިލިއަން ރުފިޔާގެ ބިލެތްފަހި ބަނދަރު މަޝްރޫޢު ނިމުމަކާ ގާތަށް
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުން: މަޝްރޫއުގެ ފުރަތަމަ ފޭސް ގެ ހުރިހާ މަސައްކަތެއްވެސް ނިމުމަކާއި ގާތަށް!

މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ބީއެމްއެލް އާއި އެމްޓީސީސީ މަޝްވަރާކޮށްފި




