logoEN
WAMCO TOP 1
ބަނގުރާ ދަޅުތަކަކާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި

ބަނގުރާ ދަޅުތަކަކާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި

ޖަޒްލާ މުހައްމަދު

logo

7/23/2026, 10:21:02 AM

# ބަނގުރާ# ފުލުހުން

ބަނގުރާ ފުޅިތަކާއެކު ހައްޔަރުކުރި މީހާ- ފޮޓޯ: ފުލުހުން

ބަނގުރާ ބޭނުންކޮށް ގެންގުޅެ، އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި އެވެ.

THE TRAVELLER AD

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހމ.ހިޔާ 4-18-15 / މާލެ، އަމާން އިބްރާހީމް (25އ) ކަމަށެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.އަދި މި އޮޕަރޭޝަންގައި ހުޅުމާލެ ފޭސް 1، ފޭސް 2 ވެމްކޯ ބުރިޖު ދަށުން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު 24 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC