logoEN
WAMCO TOP 1
ގަވައިދާ ހިލާފަށް އުޅުނު 3 ބިދޭސީން ހައްޔަރުކޮށްފި

ގަވައިދާ ހިލާފަށް އުޅުނު 3 ބިދޭސީން ހައްޔަރުކޮށްފި

ޖަޒްލާ މުހައްމަދު

logo

7/22/2026, 12:26:25 PM

# ބިދޭސީން# މޯލްޑިވްސް އިމިގްރޭޝަން# ފުލުހުން

އިމިގްރޭޝަނުން ސެލޫންތަކާއި ސްޕާތައް ބަލައި ފާސްކުރުމުގެ ހަރަކާތުގެ ތެރެއިން- ފޮޓޯ: އިމިގްރޭޝަން

މާލޭގެ ސެލޫންތަކާއި ސްޕާތަކުގައި ގަވައިދާ ހިލާފަށް އުޅުނު 3 ބިދޭސީން ހައްޔަރުކޮށްފި އެވެ.

THE TRAVELLER AD

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރާއި މޯލްޑިވްސް އިމިޤްރޭޝަން ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތްތަކުގެ ދަށުން ތަފާތު އެކި ޕްރޮގްރާމްތައް ދަނީ ހިނގަމުންނެވެ.

އެގޮތުން އިމިގްރޭޝަނުން ވަނީ ގިނަ އަދަދަކަށް ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން ހަރަކާތްތެރިވާކަމަށް ފާހަގަކުރެވިފައިވާ، ސެލޫންތަކާއި ސްޕާތަކަށް ހާއްސަކޮށްގެން ރެއިޑް އޮޕަރޭޝަނެއް ރޭ ހިންގާފަ އެވެ.

މި އޮޕަރޭޝަނުގައި 12 ވިޔަފާރި އާއި 15 ބިދޭސީން ޗެކްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 3 ބިދޭސީއަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

undefinedއިމިގްރޭޝަނުން ސެލޫންތަކާއި ސްޕާތައް ބަލައި ފާސްކުރުމުގެ ހަރަކާތުގެ ތެރެއިން- ފޮޓޯ: އިމިގްރޭޝަން

ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ހިންގާ އޮޕަރޭޝަން ކުރަނގީގެ ދަށުން ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު މިހާތަނަށް ވަނީ އެއްކޮށްފަ އެވެ. އަދި އަންނަ އަހަރުން ފެށިގެން އެއްވެސް ގޮތަކަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ އިތުރު ފުރުސަތަކާ ނުލާ ޑީޕޯޓު ކުރާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފަ އެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މި މަސައްކަތް ކުރިއަށް އޮތް 6 މަސް ދުވަހު ކުރިއަށްދާނެ އެވެ.

އޮޕަރޭޝަން ކުރަނގި ފޭސް ތިނެއްގައި ކުރިއަށްދާނީ 2895 މީހުން ހޯދައި އެ މީހުން ޑީޕޯޓުކުރުމުގެ މަސައްކަތާއި ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތައް ހޯދައި ޑީޕޯޓު ކުުރުމުގެ އިތުރުން ސައްޚަ ވޯކްޕާމިޓް އަދި ވިސާ ނެތް މީހުން ހޯދައި ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތެވެ.

ވިޔަފާރިތަކުގަ މަސައްކަތް ކުރާ ބިދޭސީންގެ ވޯކް ޕާމިޓް ފީ މުއްދަތު ހަމަވުމުގެ ކުރިއަށް ދެއްކުމަށް ބާރު އެޅުމުގެ ގޮތުން އެ ފަރާތްތަކަށް އެކަން އަންގައިދީ އަދި މިހާރު ވޯކް ޕާމިޓް ފީ ނުދެއްކިވާ ފަރާތްތައްވެސް ހިމެނޭ ގޮތަށް ވޯކް ޕާމިޓް ފީ ދައްކާ ފަރާތްތަަކަށް ލުއި ފަސޭހަ އިންތިޒާމުތަކެއް މި ފޭސްގެ ތެރެއިން ލިބިގެންދާނެ އެވެ.

ކޮމެންޓް
ފަހުގެ
HDC