
މިސްކިތައް ގެއްލުންދިން މައްސަލާގައި ތުހުމަތުކުރެވޭ ފަރާތް މުޖުތަމައުން އެކަހެރިކޮށްފި
# ފުލުހުން# މިސްކިތްގެއްލުންދިން މިސްކިތް

ހުޅުމާލެ ޗަނބޭލީ މަގުގައި ހުންނަ އަޒީޒާ މިސްކިތައް ގެއްލުންދިން މައްސަލާގައި ތުހުމަތުކުރެވޭ ފަރާތް މުޖުތަމައުއިން އެކަހެރިކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ބުނީ މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތް، ފުލުހުންނާއި ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރެވުނު މަސައްކަތުން މިހާރު މުޖުތަމައުން އެކަހެރިކޮށްފައިވާ ކަމަށެވެ.
މިދިޔަ ހޯމަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އަދި މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް ދެނެގަނެވިފައިވާކަމަށާއި، އެ ފަރާތުގެ ހާލަތަށް ރިއާޔަތްކޮށް، ކަމާބެހޭ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން މި މައްސަލާގައި އެ ފަރާތަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މިސްކިތުގެ 2 ބިއްލޫރިގަނޑު ވަނީ ވަރަށް ބޮޑަށް ތަޅާލާފަ އެވެ.




