logoEN
WAMCO TOP 1
އިގްތިސާދީ ނަފާ އިތުރުކުރަން މަސްވެރިކަމުގެ ވުޒާރާއިން ރަށްރަށަށް ރަނގަޅު ފުރުސަތެއް!

އިގްތިސާދީ ނަފާ އިތުރުކުރަން މަސްވެރިކަމުގެ ވުޒާރާއިން ރަށްރަށަށް ރަނގަޅު ފުރުސަތެއް!

އަހުމަދު ޝުރާއު

logo

6/28/2026, 10:40:38 AM

# މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

-

މަސްވެރިކަމުގެ ސިނާއަތުގައި މިހާރު ހަރަކާތްތެރިވާ ފަރާތްތަކާއި، މި ދާއިރާއަށް އަލަށް ނުކުންނަން ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ޚާއްޞަ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމުގެ ފުރުސަތު މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ.

THE TRAVELLER AD

އެގޮތުން އެވުޒާރާއިން ވަނީ ރަށު ކައުންސިލްތަކާ ގުޅިގެން ކުރިއަށްގެންދާ މި ތަމްރީނުތައް ބޭއްވުމަށް ބޭނުންވާ ރަށްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި އެވެ.

މި ތަމްރީން ޕްރޮގްރާމްތަކުގެ މައިގަނޑު މަޤްސަދަކީ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން އަހުލުވެރިކުރުވުމާއި، މަހާއި މަހުގެ އަގުއެއްކުރި (ވެލިއު-އެޑެޑް) އުފެއްދުންތައް އިތުރުކޮށް އައު މާކެޓްތައް ހޯދުމެވެ. އަދި ރާއްޖެއަށް އައު މަސްވެރިކަމުގެ ބާވަތްތައް ތަޢާރަފްކޮށް ދަސްކޮށްދިނުމުގެ އިތުރުން، މަސްވެރި ސިނާއަތުގައި އަންހެނުން ނުވަތަ ކަނބަލުންގެ ހިއްސާ އިތުރުކޮށް، ރަށު ފެންވަރުގައި ތައްޔާރުކުރާ މަހުގެ އުފެއްދުންތަކުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުކުރުމެވެ.

މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި 2026 ވަނަ އަހަރުގެ ތެރޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ތަމްރީނެކެވެ. އެއީ އައު މަސްވެރިކަމެއް ދަސްކޮށްދޭ "ޑައިމަންޑް ބެކް ސްކުއިޑް (ތުތި ބޯވަދިލަމަސް) ގެ މަސްވެރިކަމުގެ ތަމްރީން ޕްރޮގްރާމް" އާއި، އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެހީތެރިވެދޭ "އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރީ ހިންގާ ބެލެހެއްޓުމުގެ ތަމްރީން ޕްރޮގްރާމް" އެވެ.

މި ތަމްރީންތައް އަމިއްލަ ރަށުގައި ހިންގުމަށް ޝައުގުވެރިވާ ރަށު ކައުންސިލްތަކުން 15 ޖުލައި 2026 ވާ ބުދަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، އެ ރަށެއްގައި ކުރިއަށް ގެންދަން ބޭނުންވާ ތަމްރީނެއް ސާފުކޮށް ބަޔާންކޮށް މަސްވެރިކަމާ ބޭހޭ ވުޒާރާއަށް ސިޓީ މެދުވެރިކޮށް ހުށަހަޅަންޖެހެއެވެ. މި މަޝްރޫޢުގެ ސަބަބުން ރަށްރަށުގެ ލޯކަލް އިގްސާދަށް ބޮޑު ދިރުމެއް ލިބި، މަސްވެރިކަމުން ލިބޭ ނަފާ އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.

ކޮމެންޓް
ފަހުގެ
HDC