logoEN
WAMCO TOP 1
ކުޑަފަރީގެ އައިސްޕްލާންޓުގެ މަޝްރޫއުއާއި އެރަށުގެ ރުއްގަހުގެ ބަލިތައް ހައްލުކުރަން މަޝްވަރާކޮށްފި

ކުޑަފަރީގެ އައިސްޕްލާންޓުގެ މަޝްރޫއުއާއި އެރަށުގެ ރުއްގަހުގެ ބަލިތައް ހައްލުކުރަން މަޝްވަރާކޮށްފި

އަހުމަދު ޝުރާއު

logo

7/1/2026, 4:46:25 PM

# މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

-

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ނ. ކުޑަފަރީގައި ކުރެވެން ހުރި މުހިންމު މަސައްކަތްތަކާ ގުޅޭގޮތުން އެ ރަށު ކައުންސިލުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ވަޒީރާ ބައްދަލުކުރައްވައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައިފިއެވެ.

THE TRAVELLER AD

އޮންލައިންކޮށް ކުރިއަށްދިޔަ މި ބައްދަލުވުމުގައި، ކުޑަފަރީގެ މަސްވެރިންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އެ ރަށުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ އައިސްޕްލާންޓުގެ މަޝްރޫޢުގެ އެންމެ ފަހުގެ އަދާހަމަ ވަޒީރު ވަނީ ކައުންސިލާ ހިއްސާ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ވުޒާރާއިން މިހާރު ގައުމީ ފެންވަރުގައި ކުރިއަށްގެންދާ ފަރުމަސްވެރިކަމާއި، ދަނޑުވެރިކަމުގެ އިތުރުން މެރިކަލްޗަރ މަޝްރޫޢުތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލަށް ވަނީ އަރުވާފައެވެ. އަދި މި ބޮޑެތި މަޝްރޫޢުތަކުގެ ތެރެއިން ކުޑަފަރީ ކައުންސިލުން އިސްނަގައިގެން ވުޒާރާއާ ގުޅިގެން ރަށުގެ ތަރައްޤީއަށް ކުރިއަށް ގެންދިއުމަށް ބޭނުންވާ މުހިންމު ކަންކަމާއި ޕްލޭންތައް ކައުންސިލްގެ ފަރާތުން ވަނީ ވަޒީރާ ހިއްސާކުރައްވާފައެވެ.

ދަނޑުވެރިކަމާއި ތަމްރީނުގެ ދާއިރާއަށް އަލިއަޅުވާލައްވަމުން، މަނިޔަފުށީގައި ކުރިއަށްގެންދާ ފަންނީ ތަމްރީނު ޕްރޮގްރާމުތަކާ ގުޅޭ މައުލޫމާތާއި، ރަށުގެ ޒުވާނުންނަށް ލިބެންހުރި ތަމްރީނު ފުރުސަތުތަކުގެ ތަފްސީލު ވަޒީރު ދެއްވިއެވެ. މީގެ އިތުރުން ވުޒާރާއިން ހިންގާ ޚާއްސަ "ފަތްކެޔޮ ޕްރޮޖެކްޓް" ގެ މަޢުލޫމާތު ދެއްވައި، މީގެ ސަބަބުން ރަށުގެ އިގްތިސާދަށް ގެނެވިދާނެ ކުރިއެރުންތަކާ ބެހޭގޮތުން ދެފަރާތުން ވާހަކަދެއްކެވިއެވެ.

މި ބައްދަލުވުމުގައި ކުޑަފަރީ ކައުންސިލުން އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ހުށަހެޅީ، މިހާރު އެ ރަށުގެ ރުއްގަހަށް ފެތުރެމުންދާ ބައްޔެއްގެ މައްސަލައެވެ. މި ބަލި ކޮންޓްރޯލްކޮށް ރަށުގެ ދަނޑުވެރިކަން ސަލާމަތްކުރުމަށްޓަކައި މިނިސްޓްރީގެ ފަންނީ އަދި ސައިންޓިފިކް އެހީތެރިކަން ބޭނުންވާކަން ކައުންސިލުން ފާހަގަކުރުމުން، ވުޒާރާގެ ފަރާތުން ވެދެވެންއޮތް ހުރިހާ އެހީތެރިކަމެއް ލަސްނުކޮށް ދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ވަޒީރު ވަނީ އަރުވާފައެވެ.

ކޮމެންޓް
ފަހުގެ
HDC