
މަސްވެރިކަމާއި ދަނޑުވެރިކަމުގެ ފުރުސަތުތަކާ ގުޅޭގޮތުން ދަރަނބޫދޫ ކައުންސިލުން ވަޒީރާ މަޝްވަރާކޮށްފި
# މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ-
މަސްވެރިކަމާއި، ދަނޑުވެރިކަމުގެ އިތުރުން މެރިކަލްޗަރ ދާއިރާއިން ފާފު އަތޮޅު ދަރަނބޫދޫގައި ހުރި ފުރުސަތުތަކާ ގުޅޭގޮތުން އެ ރަށު ކައުންސިލުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާ އެކު ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމަކީ ދަރަނބޫދޫގެ އިގްތިސާދީ ދާއިރާތައް ފުޅާކުރުމަށާއި، ވުޒާރާއާ ގުޅިގެން ރަށުގެ ތަރައްގީއަށް ކުރިއަށްގެންދެވޭނެ އެކި މަސައްކަތްތައް ދެނެގަތުމުގެ މަގުސަދުގައި ކައުންސިލުން އިސްނަގައިގެން ބޭއްވި ބައްދަލުވުމެކެވެ.
ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި، ރަށުގެ ތަރައްގީއަށް އެންމެ ބޭނުންތެރި ދާއިރާތައް ކަމަށްވާ މަސްވެރިކަމާއި، ދަނޑުވެރިކަން އަދި ފަޅުތެރޭގައި މެރިކަލްޗަރ މަޝްރޫއުތައް ހިންގިދާނެ ގޮތްތަކާ ގުޅޭގޮތުން ދެފަރާތުން ފުޅާދާއިރާއެއްގައި ޚިޔާލު ބަދަލުކުރި އެވެ. އަދި ދަރަނބޫދޫ ކައުންސިލްގެ ފަރާތުން ރަށުގެ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ކުރިއަށް ގެންދިއުމަށް ބޭނުންވާ މުހިންމު ކަންކަމުގެ ތަފްސީލު ވަނީ ވަޒީރާ ހިއްސާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ދަރަނބޫދޫ ކައުންސިލުން ވަނީ، މީގެ ކުރިން އެ ވުޒާރާއިން އިސްނަގައިގެން ދަރަނބޫދޫގެ ދަނޑުވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ހައިޑްރޯޕޮނިކްސް (ފެނުގައި ގަސް ހެއްދުމުގެ) ފަންނީ ތަމްރީނު ޕްރޮގްރާމްގެ ކާމިޔާބީ ފާހަގަކުރައްވާފައެވެ.
ކައުންސިލުން ބުނި ގޮތުގައި އެ ތަމްރީނު ޕްރޮގްރާމުގެ ސަބަބުން ރަށުގެ ދަނޑުވެރިންނަށް ޒަމާނީ ދަނޑުވެރިކަމުގެ އައު އުކުޅުތައް އެނގި، ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ވަރަށް ބޮޑު ކުރިއެރުމަކާއި ހިތްވަރެއް ލިބިގެންގޮސްފައިވެއެވެ.
ގުޅުންހުރި

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ފުރުސަތުތަކާ ގުޅޭގޮތުން ދަރަނބޫދޫ ކައުންސިލުން ވަޒީރާ މަޝްވަރާކޮށްފި

ކުޑަފަރީގެ އައިސްޕްލާންޓުގެ މަޝްރޫއުއާއި އެރަށުގެ ރުއްގަހުގެ ބަލިތައް ހައްލުކުރަން މަޝްވަރާކޮށްފި

އިގްތިސާދީ ނަފާ އިތުރުކުރަން މަސްވެރިކަމުގެ ވުޒާރާއިން ރަށްރަށަށް ރަނގަޅު ފުރުސަތެއް!




