logoEN
WAMCO TOP 1
"މިސްކިތުގެ ހުރުމަތް ހިފެހެއްޓުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނަން" - ފުލުހުން

"މިސްކިތުގެ ހުރުމަތް ހިފެހެއްޓުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނަން" - ފުލުހުން

# ފުލުުހުން# ހުޅުމާލެ# މިސްކިތް

އަޒީޒާ މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލާފަ

ހުޅުމާލޭގެ މިސްކިތަކަށް ގެއްލުންދިން މައްސަލާގައި، މިސްކިތުގެ ހުރުމަތް ހިފެހެއްޓުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަަޅާނެކަމަށް ފުލުހުން ބުނެފި އެވެ.

THE TRAVELLER AD

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންނާއި ކަމާބެހޭ އިދާރާތްތަކުން ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތުގެ ހާލަތަށް ރިޢާޔަތްކޮށް، މިސްކިތުގެ ހުރުމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހުޅުމާލެ ޗަނބޭލީ މަގުގައި ހުންނަ އަޒީޒާ މިސްކިތައް ގެއްލުންދިން މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ ފަތިހު 3:47 ހާއިރުކަމަށް ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް ފުލުހުން މި މައްސަލާގައި ގެއްލުންދީފައިވާ މީހާގެ ވަނަވަރު ހިއްސާކޮށްފައި ނުވެ އެވެ.

ފަހަކަށް އައިސް މިސްކިތްތަކަށް ގެއްލުންދޭ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC