logoEN
WAMCO TOP 1
'ބަޓްވާރާ 1947' ގެ ފުރަތަމަ ލަވަ ރިލީޒްކުރަނީ

'ބަޓްވާރާ 1947' ގެ ފުރަތަމަ ލަވަ ރިލީޒްކުރަނީ

ސާރާ އަހުމަދު

logo

7/22/2026, 3:10:20 PM

# ބޮލީވުޑް

--

ސަނީ ޑިއޯލް އިސްރޯލަކުން ފެނިގެންދާ، އަދި އާމިރު ޚާން ޕްރޮޑިއުސްކުރާ އުންމީދީ ހިސްޓޮރިކަލް ފިލްމު 'ބަޓްވާރާ 1947' ގެ ފުރަތަމަ ލަވަ ރިލީޒްކުރުމަށް ތައްޔާރުވެއްޖެއެވެ.

THE TRAVELLER AD

އޯގަސްޓް 14 ގައި ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ފުރަތަމަ ލަވަ ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ޖުލައި 22 ގައެވެ. މި ލަވައާއެކު ފިލްމަށް އޮތް އިންތިޒާރާއި ތަރުހީބު އިތުރަށް ބޮޑުވެގެންދާނެ ކަމަށް ބެލެވެއެވެ.

ރާއްޖެކުމާރު ސަންތޯޝީ ޑައިރެކްޓްކުރާ މި ފިލްމުގެ މިއުޒިކް އޭ.އާރް ރަޙްމާން އުފައްދާފައިވާއިރު، ލަވައިގެ ޅެން ލިޔެދީފައިވަނީ ޖާވެދު އަޚްތަރެވެ.

1947 ވަނަ އަހަރު އިންޑިއާ އާއި ޕާކިސްތާން ވަކިވި ދުވަސްވަރުގެ އަސަރުގަދަ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ މި ފިލްމުގެ ފުރަތަމަ ލަވައިން ފިލްމުގެ ޖަޒުބާތީ އަދި މިއުޒިކީ ފުންމިން ދައްކުވައިދޭނެއެވެ.

މި ފިލްމަކީ ދުވަސްތަކަކަށްފަހު ޑައިރެކްޓަރު ރާއްޖެކުމާރު ސަންތޯޝީ އާއި ސަނީ ޑީއޯލް އެކުގައި މަސައްކަތްކުރާ ފިލްމެކެވެ.

ސަނީ ދިއޯލްގެ އިތުރުން ޕްރީތީ ޒިންޓާ، ޝަބާނާ އަޒްމީ، ކަރަން ޑިއޯލް، އަލީ ފަޒާލް އަދި އަބިމަންޔޫ ސިންގް ފަދަ ތަރިންގެ ބޮޑު ކާސްޓެއް މި ފިލްމުން ފެނިގެންދާނެއެވެ.

މި ފިލްމު ސިނަމާތަކަށް އަންނާނީ އިންޑިއާގެ މިނިވަންދުވަހާ ދިމާކޮށް، އޯގަސްޓް 14، 2026 ގައެވެ.

ކޮމެންޓް
ފަހުގެ
HDC