logoEN
WAMCO TOP 1
'ބޫލް ބުލައްޔާ 4' އަންނަނީ: ކާރްތިކް އަލުން ރޫޙް ބާބާގެ ރޯލަށް!

'ބޫލް ބުލައްޔާ 4' އަންނަނީ: ކާރްތިކް އަލުން ރޫޙް ބާބާގެ ރޯލަށް!

ސާރާ އަހުމަދު

logo

7/22/2026, 8:30:23 AM

# ބޮލީވުޑް

--

ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި ތަރުހީބު ބޮޑު ހޮރޯ-ކޮމެޑީ ފްރެންޗައިޒް 'ބޫލް ބުލައްޔާ' ގެ ހަތަރުވަނަ ބައި އުފެއްދުމުގެ ތައްޔާރީތައް ފަށައިފިއެވެ.

THE TRAVELLER AD

2007 ވަނަ އަހަރު އަކްޝޭ ކުމާރާއެކު ފެށި މި ފްރެންޗައިޒްގެ ދެވަނަ ބަޔާއި ތިންވަނަ ބައިން ކާރްތިކް އާރްޔަން ފެނިގެން ގޮސްފައިވާއިރު، މި ތިން ފިލްމަކީވެސް ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފިލްމުތަކެކެވެ. ކާމިޔާބު ޓްރިލޮޖީ އަކަށްފަހު، މިހާރު ތައްޔާރުވަމުންދަނީ ހަތަރުވަނަ ފިލްމަށެވެ.

ރިޕޯޓްތައްް ބުނާ ގޮތުގައި، ޓީ-ސީރީޒްގެ ވެރިޔާ ބޫޝަން ކުމާރު އާއި އޭނާގެ ޓީމުން އަންނަނީ 'ބޫލް ބުލައްޔާ 4' ގެ މައިގަނޑު ކޮންސެޕްޓާއި އައިޑިއާތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ބޫޝަން ކުމާރު ބޭނުންވަނީ 'ބޫލް ބުލައްޔާ' އަކީ އިންޑިއާގެ އެންމެ ބޮޑު ފްރެންޗައިޒަށް ހެދުމަށްކަމަށާއި އަދި ހަތަރުވަނަ ބަޔަށް އެންމެ އެކަށޭނަ ވާހަކައެއް ހޯދުމުގެ މަސައްކަތް އޭނާ ވަނީ ފަށާފައި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އަދި އަލުން 'ރޫޙް ބާބާ' ގެ ރޯލުން ފެނިގެންދިއުމަށް ކާރްތިކްވެސް ހުރީ ވަރަށް ގަޔާވެފައިކަމަށާއި އަދި ވާހަކަ ފައިނަލްކުރުމުގެ ކްރިއޭޓިވް މަސައްކަތުގައި ކާރްތިކްވެސް އަންނަނީ ބައިވެރިވަމުންކަމަށް މަސްދަރަކުން މައުލޫމާތު ލިބެއެވެ.

ޚަބަރުތައް ބުނާގޮތުގައި، މި ފްރެންޗައިޒްގެ 2 ވަނަ ބަޔާއި 3 ވަނަ ބައި ޑައިރެކްޓްކުރި މަޝްހޫރު ކޮމެޑީ ޑައިރެކްޓަރު އަނީސް ބަޒްމީ 'ބޫލް ބުލައްޔާ 4' ޑައިރެކްޓްކުރުމަށް އަންނަނީ މަޝްވަރާކުރަމުންނެވެ. މިއާއެކު އަނީސް ބަޒްމީ އަލުން އެނބުރި އައިސް، ކާރްތިކް އާރްޔަންގެ 'ރޫޙް ބާބާ' ގެ ރޯލާއެކު ފިލްމު ޑައިރެކްޓްކުރާނެ ކަމަށް ބެލެވެއެވެ.

އަނީސް ބަޒްމީ މިވަގުތު އަވަދިނެތި އުޅެނީ އަކްޝޭ ކުމާރާއެކު ހަދާ އޭނާގެ ކުރިއަށް އޮތް ފިލްމުގެ ޝޫޓިންގައެވެ. އެ ފިލްމަށްފަހު އޭނާ 'ބޫލް ބުލައްޔާ 4' ގެ ކްރިއޭޓިވް މަސައްކަތްތަކަށް ނުކުންނާނެއެވެ. ފިލްމު އުފައްދާ ފަރާތްތަކުން އަމާޒު ހިފާފައިވަނީ 2027 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި ފިލްމުގެ ޝޫޓިން ފެށުމަށެވެ.

ކޮމެންޓް
ފަހުގެ
HDC