logoEN
WAMCO TOP 1
"ޔޭ އަވާރާޕަން" އަކީ އަރިޖީތުގެ ކަމްބެކް ލަވައެއް ނޫން: މެނޭޖަރު

"ޔޭ އަވާރާޕަން" އަކީ އަރިޖީތުގެ ކަމްބެކް ލަވައެއް ނޫން: މެނޭޖަރު

ސާރާ އަހުމަދު

logo

7/22/2026, 9:06:06 AM

# ބޮލީވުޑް

--

ލަވަކިޔުންތެރިޔާ އަރިޖީތު ސިންގް އަލުން ޕްލޭބެކް ސިންގިންގއަށް އެނބުރި އައީކަމަށް ބުނެ ފެތުރުނު އަޑުތައް އޭނާގެ ޓީމުން ސާފުކޮށްދީފިއެވެ.

THE TRAVELLER AD

މިއަހަރުގެ ޖަނަވަރީ މަހު އަރިޖީތު ސިންގް ވަނީ ފިލްމްތަކަށް ލަވަކިޔުމުން ރިޓަޔާކުރިކަން އިއުލާންކޮށް، އާ އެއްވެސް ފިލްމީ ލަވައެއް ނުކިއުމަށް ނިންމިކަން ހާމަކޮށްފައެވެ.

ނަމަވެސް "ޔޭ އަވާރާޕަން" ލަވަ ރިލީޒްވުމާއެކު، އޭނާ ރިޓަޔާމަންޓް އަނބުރާ ގެންގޮސް އަލުން ދާއިރާއަށް ނުކުތީ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ.

މިކަމާ ގުޅިގެން އުފެދުނު އޮޅުންބޮޅުންތަކަށް ނިމުމެއް ގެންނަމުން އަރިޖީތުގެ މެނޭޖަރު ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ލަވައަކީ އޭނާ އެނބުރި ދާއިރާއަށް އައުމުގެ އިޝާރާތެއް ނޫނެވެ. މިއީ ރިޓަޔާމަންޓް އިއުލާންކުރުމުގެ ކުރިން ސައިންކޮށް، އެއްބަސްވެފައިވާ ކުރީގެ މަސައްކަތެއް ފުރިހަމަކުރުމުގެ ގޮތުން ކިޔައިދީފައިވާ ލަވައެކެވެ.

"އޭނާ މިހާރު ކުރަމުން އެދަނީ ރިޓަޔާމަންޓް އިއުލާންކުރުމުގެ ކުރިން ފައިނަލްކޮށްފައިވާ މަސައްކަތްތައް ފުރިހަމަކުރުމުގެ މަސައްކަތް. އަރިޖީތު އަލުން ޕްލޭބެކް ސިންގިންގ އަށް އެނބުރިއެއް ނުއެއް އާދޭ. މިއީ ކުރީގެ އެއްބަސްވުންތަކެއް،" އަރިޖީތުގެ މެނޭޖަރު ބުނެފައިވެއެވެ.

ނިތިން ކައްކަރު ޑައިރެކްޓްކޮށް، އަމާލް މަލިކް ކޮމްޕޯޒްކޮށްފައިވާ މި ލަވައަކީ އިމްރާން ހާޝްމީގެ ކެރެކްޓާގެ އިހުސާސްތައް ވަރަށް ފުންކޮށް ދައްކުވައިދޭ ލަވައެކެވެ.

އަރިޖީތު އަލުން އެނބުރި ނާންނަކަން އެނގުމުން ފޭނުންނަށް މާޔޫސްކަމެއް ލިބުނު ނަމަވެސް، ކުރިން ސައިންކޮށްފައިވާ މިފަދަ މަދު ލަވަތަކެއް މިއަހަރުގެ ކުރިއަށް އޮތް ތަނުގައި އަދިވެސް އިވިގެންދާނެއެވެ.

'އަވާރާޕަން 2' ސިނަމާތަކަށް އަންނާނީ އޮގަސްޓް 14، 2026 ގައެވެ.

ކޮމެންޓް
ފަހުގެ
HDC