logoEN
WAMCO TOP 1
ސުހާނާއާއި ޝާހްރުކްގެ 'ކިންގް' ގެ މަސައްކަތް ނިމެނީ!

ސުހާނާއާއި ޝާހްރުކްގެ 'ކިންގް' ގެ މަސައްކަތް ނިމެނީ!

ސާރާ އަހުމަދު

logo

7/22/2026, 3:00:03 PM

# ބޮލީވުޑް

--

ޝާހްރުކް ޚާންގެ އެންމެ އުންމީދީ އެކްޝަން ތްރިލާ ފިލްމު 'ކިންގް' ގެ ޝޫޓިންގްގެ އެންމެ ފަހު މަރުހަލާއަށް ތައްޔާރުވެއްޖެއެވެ.

THE TRAVELLER AD

2026 ވަނަ އަހަރުގެ ޑިސެމްބަރު މަހު ސިނަމާތަކަށް ނެރުމަށް ތައްޔާރުވަމުންދާ މި ފިލްމުގެ މަސައްކަތް ނިންމާލުމަށްޓަކައި ބާކީ އޮތީ ބޭރު ގައުމެއްގައި ނަގަންޖެހޭ އެންމެ ފަހު ޝޫޓިންގ ތަކެވެ.

ޚަބަރުތައް ބުނާގޮތުގައި، ސިއްދާތު އާނަންދު ޑައިރެކްޓްކުރާ މި ފިލްމުގެ ފަހު މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުއެވެ. މި ޝޫޓިންގް ކުރިއަށްގެންދާނެ ވަކި ގައުމެއް އަދި ފައިނަލްކޮށްފައި ނުވި ނަމަވެސް، ފިލްމުގެ ޓީމުން އަންނަނީ އެމެރިކާ ނުވަތަ ސައުތު އެފްރިކާގައި ޝޫޓިންގް ބޭއްވުމަށްޓަކައި ލޮކޭޝަންތައް ބަލައި، ތައްޔާރީތައް ވަމުންނެވެ.

'ކިންގް' އަކީ ޝާހްރުކް ޚާންގެ އަންހެން ދަރިފުޅު ސުހާނާ ޚާން ބޮޑު ސްކްރީނަށް އަށް ތައާރަފްވާ ފިލްމެވެ. މި ފިލްމުގައި ޝާހްރުކް އާއި ސުހާނާގެ އިތުރުން އަބީޝެކް ބައްޗަން، ދީޕިކާ ޕަޑުކޯން، ރާނީ މުކަރްޖީ އަދި އަބޭ ވަރުމާ މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.

މި ފިލްމުގެ ބޮޑު ބައެއްގެ ޝޫޓިންގް މިހާރު ވަނީ ނިމިފައެވެ. އަދި އޮގަސްޓް މަހު ނަގާ ބޭރުގެ ފަހު ޝޫޓިންގތައް ނަގާނީ ފިލްމުގެ އެންމެ އުނދަގޫ އަދި މުހިންމު އެކްޝަން ސީކުއެންސްތަކެވެ. އެއަށްފަހު ފިލްމުގެ ޕޯސްޓް-ޕްރޮޑަކްޝަން އަދި ވީއެފްއެކްސް ގެ މަސައްކަތްތައް ފަށާނެއެވެ.

ކޮމެންޓް
ފަހުގެ
HDC