
--
އިންޑިއާގެ މަޝްހޫރު ސްޓާޓްއަޕް ކިންގް އަދި ވިޔަފާރިވެރިޔާ އަޝްނީރް ގްރޯވަރގެ ހަޔާތުގެ މައްޗަށް އުފައްދާ ބަޔޯޕިކް ފިލްމުގައި އާމިރު ޚާން ބައިވެރިވާން އުޅޭ ކަމުގެ އަޑުތައް ގަދަވެފައިވަނިކޮށް، ކްރިއޭޓިވް ހިޔާލުތަފާތުވުންތަކާ ގުޅިގެން އޭނާ މި ފިލްމުން ވަކިވާން ނިންމައިފިއެވެ.

ޑެބިއު ޑައިރެކްޓަރު ރާހުލް މޯދީއާއެކު އާމިރު ޚާން މަސައްކަތް ކުރަން އުޅޭކަމުގެ ޚަބަރު މީގެ ކުރިން ފެތުރުމާއެކު، އިންޓަނެޓުގައި ބޮޑު ސަމާލުކަމެއް ވަނީ ލިބިގެންގޮސްފައެވެ. އަދި އޭގެ ފަހުން، އާމިރާއެކު މި ފިލްމުގެ އަންހެން ލީޑު ރޯލުން ޝްރަދާ ކަޕޫރު ފެންނާނެ ކަމަށާއި، އާމިރު އާޝުތޯޝް ގޯވަރިކާގެ ޕީރިއަޑް ޑްރާމާގެ ޝޫޓިން ނިންމާލުމަށްފަހު 2027 ވަނަ އަހަރުގެ މާޗު މަހު މި ފިލްމުގެ ޝޫޓިން ފަށާނެ ކަމަށްވެސް އޮތީ ރިޕޯޓްކޮށްފައެވެ.
ނަމަވެސް އެންމެ ފަހުގެ މައުލޫމާތުތައް ބުނާގޮތުން، ކްރިއޭޓިވް ހިޔާލުތަފާތުވުންތަކުގެ ސަބަބުން އާމިރު ޚާން ވަނީ އަޝްނީރް ގްރޯވަރގެ ފިލްމު ދޫކޮށްލަން ނިންމާފައެވެ. މައުލޫމާތު ދިން ފަރާތަކުން ބުނެފައިވަނީ، "އާމިރު ހުރީ ސްޓާޓްއަޕްތަކުގެ ދުނިޔެއަށް ވަރަށް ބޮޑަށް ޝައުގުވެރިވެފައި، އަދި އަޝްނީރްގެ ބަޔޯޕިކްއިން އެ ދާއިރާއަށް ވަންނަން ވަރަށް ބޭނުންވި. އޭނާ ވަނީ ސްކްރިޕްޓް ބަލައި، އޭނާގެ ވިސްނުމާ އެއްގޮތަށް އެ ތަރައްގީކުރުމުގައި ބައިވެރިވެފައި. ނަމަވެސް އެންމެ ފަހުން، ޑައިރެކްޓަރު ރާހުލް މޯދީއާއެކު ކްރިއޭޓިވް ހިޔާލުތަފާތުވުންތަކެއް އުފެދި، ވަކިވާން ނިންމީ."
އާމިރު ވަކިވި ނަމަވެސް ރާހުލް މޯދީ އާއި ޝްރަދާ ކަޕޫރު ތިބީ މި ފިލްމު އުފެއްދުމުގެ އަޒުމުގައެވެ. މި ދެމީހުން މިހާރު އަންނަނީ ފިލްމަށް އާ އެކްޓަރަކު ކާސްޓްކުރުމުގެ މަސައްކަތް ކުރަމުންނެެވެ. އަދި އަޝްނީރްގެ ރޯލަށް އުމުރުން ހަގު، ޒުވާން އެކްޓަރަކު ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ވަރަށް އަވަހަށް ކާސްޓް ފައިނަލް ކުރެވޭނެ ކަމަށް ވެސް ބެލެވެއެވެ.
މި ފިލްމު ޕްރޮޑިއުސްކުރާނީ ޝްރަދާ ކަޕޫރު، އިންޑިއާގެ އިސް ފިލްމު ސްޓޫޑިއޯއަކާ ގުޅިގެންނެވެ. އަދި މި ފިލްމުގައި އަޝްނީރްގެ އަންހެނުންގެ މުހިންމު ރޯލުން ފެނިގެންދާނީވެސް ޝްރަދާ ކަޕޫރެވެ.



.jpeg&w=3840&q=75)


