
ފޮޓޯ: ދިރާގު
ދިރާގުން ކުރިއަށްގެންދިޔަ ފޯރިގަދަ 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ދަށުން ދޭ އެންމެ ފަހު ސްޕީޑްބޯޓުގެ ނަސީބުވެރިޔާއަށް ބޯޓު ހަވާލުކޮށްފިއެވެ.

އަލް ޝާލީ މެރިން ބޯޓްޔާޑުގައި ބޭއްވި ހާއްސަ އިވެންޓުގައި، މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ކަމުގައިވާ ކ. މާލެއަށް އުފަން މުހައްމަދު ޔޫސުފަށް ވަނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެއް، ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނަކާއެކު ހަވާލުކޮށްފައެވެ. މި އަގު ހުރި އިނާމު ހަވާލުކުރުމަށް ބޭއްވި އިވެންޓުގައި، ޔޫސުފްއަށް ބޯޓު ހަވާލުކޮށްދެއްވައިފައިވަނީ ދިރާގު ސީއީއޯ އަދި އެމްޑީ އިސްމާއީލް ރަޝީދެވެ.
މި އަގުހުރި އިނާމު ލިބުނުކަން އެނގުމުން ކުރެވުނު އިހުސާސްތައް ހިއްސާކުރަމުން ޔޫސުފް ބުނީ، މިއީ އޭނާއަށާއި އޭނާގެ އާއިލާއަށް ލިބުނު ނުހަނު އުފާވެރި ހަބަރެއް ކަމަށެވެ. ޔޫސުފަކީ ރާއްޖޭގައި ފިކްސްޑްލައިން ޓެލެފޯނުގެ ހިދުމަތްތައް ބޭނުންކުރަން ފެށި ދުވަސްވަރުން ފެށިގެން މިއަދާ ހަމައަށް މެދުކެނޑުމެއް ނެތި ދިރާގުގެ ހިދުމަތްތައް ބޭނުންކުރަމުން އަންނަ ލޯޔަލް ކަސްޓަމަރެކެވެ. މި ގޮތުން އޭނާ ދިރާގު މޯބައިލްގެ ހިދުމަތް ބޭނުންކުރާތާ މިހާރު 28 އަހަރު ވެފައިވާއިރު، މިފަދަ އަގު ހުރި އިނާމެއް ހޯދުމުގެ ފުރުސަތު ދިރާގުން ފަހިކޮށްދިނީތީ އެ ކުންފުންޏަށް ވަނީ ޝުކުރު އަދާކޮށްފައެވެ.
ދިރާގުގެ 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަނަކީ އެ ކުންފުނީގެ ޕްރިޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތައް ބޭނުންކުރަމުންދާ އަދި އަލަށް ގުޅުނު ކަސްޓަމަރުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާއިރު، މިއީ ގިނަ ބައެއްގެ މެދުގައި ފޯރި އުފެދިގެންދިޔަ ޕްރޮމޯޝަނެކެވެ. އޮގަސްޓު 2025 ގައި ފެށި މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު 31 މާރިޗު 2026 ގެ ނިޔަލަށް ކަސްޓަމަރުންނަށް ވަނީ ލިބިގެންގޮސްފައެވެ. އަދި، މި ޕްރޮމޯޝަންގެ ދަށުން ދީފައިވާ ދެ ސްޕީޑްބޯޓުގެ ތެރެއިން ފުރަތަމަ ސްޕީޑްބޯޓުގެ ލިބިފައިވަނީ އަބްދުﷲ ސައީދަށެވެ.
ދިރާގުން ދަނީ މި ފަދަ ހާއްސަ ޕްރޮމޯޝަންތަކުގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދީ، ރާއްޖޭގައި އެ ފަދަ ދެވަނައެއް ނެތް ޕްރޮމޯޝަންތައް ކުރިއަށްގެންދަމުންނެވެ.
ގުޅުންހުރި

ދިރާގުން ދޭ ފަހު ސްޕީޑްބޯޓުގެ ނަސީބުވެރިޔާއަށް ބޯޓު ހަވާލުކޮށްފި
ދިރާގު މާލެ އޯޕަން ގައި ރަޖިސްޓަރކުރުމުގެ ފުރުސަތު 31 ޖުލައިގެ ނިޔަލަށް ހަމަވަނީ

ހޮންޑާ އެއަރ ބްލޭޑް 125 ސްޕެޝަލް އެޑިޝަން ސައިކަލެއް ހޯދުމުގެ ފުރުސަތު




