logoEN
WAMCO TOP 1
ދިރާގު ސައިބަރ ޕްރޮޓެކްޓް – އީސެޓްގެ ޓެކްނޮލޮޖީއާ އެކު މެނޭޖްޑް އެންޑްޕޮއިންޓް ސެކިއުރިޓީގެ ހިދުމަތް

ދިރާގު ސައިބަރ ޕްރޮޓެކްޓް – އީސެޓްގެ ޓެކްނޮލޮޖީއާ އެކު މެނޭޖްޑް އެންޑްޕޮއިންޓް ސެކިއުރިޓީގެ ހިދުމަތް

# ދިރާގު

ފޮޓޯ: ދިރާގު

ދިރާގާއި 'އީސެޓް' (eset) ގުޅިގެން ސައިބަރ ޕްރޮޓެކްޓްގެ ނަމުގައި އައު ހިދުމަތެއް ތައާރަފުކޮށްފިއެވެ. މި ހިދުމަތަކީ، ރާއްޖޭގެ ކުންފުނިތަކާއި އިދާރާތަކުގެ ސައިބަރ ސެކިއުރިޓީ ވަރުގަދަ ކުރުމަށްޓަކައި، އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން، ސައިބަރ ތްރެޓްތަކުން ރައްކާތެރިކަން ފޯރުކޮށްދޭ އެންޓަރޕްރައިޒް-ގްރޭޑް އެންޑްޕޮއިންޓް ސެކިއުރިޓީ ސޮލިއުޝަނެކެވެ.

THE TRAVELLER AD

ސައިބަރ ޕްރޮޓެކްޓްގެ އެހީގައި، ކުންފުނިތަކުގެ މުވައްޒަފުން ބޭނުންކުރާި ލެޕްޓޮޕާއި، ޑެސްކްޓޮޕް އަދި ސާވަރތައް މަލްވެއަރ އާއި ރެންސަމްވެއަރ ފަދަ ނުރައްކާތަކުން ރައްކާތެރިކޮށްދިނުމުގެ އިތުރުން، އީމެއިލް އަދި ކްލައުޑް އެޕްލިކޭޝަންތަކަށް އަމާޒުވާ ފިޝިންގ ހަމަލާތަކުން ރައްކާތެރިކަން ކަށަވަރުކޮށްދެއެވެ.

އީސެޓްގެ ޒަމާނީ ޓެކްނޮލޮޖީއާއި ދިރާގުގެ ފަންނީ މާހިރުންގެ ތަޖުރިބާގެ އިތުރުން، ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރުގެ ފުރިހަމަ އެހީތެރިކަމާއެކު ފޯރުކޮށްދޭ މި ހިދުމަތަކީ ގިނަ ފީޗަރތަކެއް އެކުލެވިގެންވާ ހިދުމަތެކެވެ. މީގެ އިތުރުން، ސައިބަރ ނުރައްކާތަކަށް މެދުނުކެނޑި ފާރަވެރިވެ، ޝައްކުކުރެވޭ ކަންކަން ވަގުތުން ދެނެގަނެ، ސަލާމަތީ ފިޔަވަޅުތައް އަވަސްކުރުމާއެކު، ސިއްރު މައުލޫމާތުތަކުގެ ރައްކާތެރިކަން މި ހިދުމަތުގެ ތެރެއިން ދަމަހައްޓަދޭނެއެވެ. މީގެ ތެރޭގައި ސައިބަރ ތްރެޓްތަކުގެ ނުރައްކާތަކަށް މެދުނުކެނޑި ފާރަވެރިވެ، ޝައްކުކުރެވޭ ކަންކަން ވަގުތުން ދެނެގަނެ، ސަލާމަތީ ފިޔަވަޅުތައް އަވަސްކުރުމާއެކު، ސިއްރު މައުލޫމާތުތަކުގެ ރައްކާތެރިކަން މި ހިދުމަތުގެ ތެރެއިން ދަމަހައްޓަދޭނެއެވެ. އަދި ކަމާބެހޭ މާހިރުންގެ ބެލުމުގެ ދަށުން 24 ގަޑިއިރު ސިސްޓަމްތައް މޮނިޓަރކޮށް، މެނޭޖްކޮށް، ބޭނުންވާ ފަންނީ އެހީތެރިކަން އަބަދުވެސް ފޯރުކޮށްދެމުންދާނެއެވެ.

ދުނިޔޭގައި ސައިބަރ ތްރެޓްގެ ނުރައްކާތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، ސައިބަރ ޕްރޮޓެކްޓް މެދުވެރިކޮށް ކުރިޔާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ ސަބަބުން ކުންފުނިތަކުގެ މަސައްކަތްތަކަށް ހުރަސްއެޅޭ މިންވަރު ކުޑަވެ، މައުލޫމާތުތަކުގެ ރައްކާތެރިކަން ކަށަވަރުވެގެންދާނެއެވެ.

ކޮންމެ ވިޔަފާރިއަކަށްވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ހިދުމަތަކީ ސަބްސްކްރިޕްޝަން އުސޫލުން ފޯރުކޮށްދޭ ހިދުމަތެކެވެ. މި ހިދުމަތް ބަހާލެވިފައިވަނީ ހަތަރު ޕެކޭޖަކަށެވެ. އެއީ ކޮންމެ ކުންފުންޏެއްގެވެސް މަސައްކަތުގެ ބާވަތަށާއި ބޭނުންވާ ރައްކާތެރިކަމުގެ މިންވަރަށް ބަލައި، އެންމެ އެކަށޭނަ ޕެކޭޖެއް އިހްތިޔާރު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ. މީގެ ސަބަބުން، ތަފާތު ސެކިއުރިޓީ ސޮލިއުޝަންތައް ވަކިވަކިން ބެލެހެއްޓުމުގެ ތަކުލީފާއި ހަރަދު ކުޑަވެ، ފަސޭހަކަމާއެކު އިތުބާރު ހިފޭ، ރަނގަޅު ފެންވަރުގެ ރައްކާތެރިކަން ހޯދޭނެއެވެ.

މި ހިދުމަތް ތައާރަފުކުރުމަކީ ރާއްޖޭގެ ވިޔަފާރިތަކުގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ރައްކާތެރިކުރުމަށް ދިރާގުން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެކެވެ. ޓެކްނޮލޮޖީއަށް ބަރޯސާވާ މިންވަރު އިތުރުވަމުންދާ މި ޒަމާނުގައި، 'ސައިބަރ ޕްރޮޓެކްޓް' އަކީ ކުންފުނިތަކަށް އިތުބާރާއެކު ކުރިއަށް ދިއުމަށް ލިބިގެންދާ ވަރުގަދަ ބިންގަލެކެވެ.

ކޮމެންޓް
ފަހުގެ
HDC