ހޮންޑާ އެއަރ ބްލޭޑް 125 ސްޕެޝަލް އެޑިޝަން ސައިކަލެއް
ދިރާގު ފިންޓެކްއާއި ޝީޝާ ގުޅިގެން، ހޮންޑާ އެއަރ ބްލޭޑް 125 ސްޕެޝަލް އެޑިޝަން ސައިކަލެއް ހޯދުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

މި ޕްރޮމޯޝަންގައި، ދިރާގުޕޭ މިހާރުވެސް ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓަރީކުރާ ކަސްޓަމަރުންނަށް 31 ޑިސެންބަރު 2026ގެ ނިޔަލަށް ބައިވެރި ވުމުގެ ފުރުސަތު ލިބިގެން ދާނެއެވެ. މީގެ އިތުރުން، ދިރާގުޕޭ މެދުވެރިކޮށް ކުރާ ފައިސާގެ މުއާމަލާތްތަކާއެކު، ގުރުއަތުން ހޮވުމުގެ ފުރުސަތު އިތުރު ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.
މި ޕްރޮމޯޝަންގައި ހަދިޔާކުރާ ހޮންޑާ އެއަރ ބްލޭޑް ސައިކަލަކީ ރާއްޖޭގައި ހޮންޑާގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ، ޝީޝާ އިން ހަދިޔާ ކޮށްދޭ ސައިކަލެކެވެ. މި ސައިކަލު ލިބޭ ނަސީބުވެރިޔާއަށް ސައިކަލުގެ ހިދުމަތްތަކުން އުމުރު ދުވަހަށް %15 ގެ ޑިސްކައުންޓް ލިބިގެންދާނެއެވެ. އަދި ހޮންޑާގެ ތަމްރީނު ލިބިފައިވާ ޓެކްނީޝަނުންގެ އިތުބާރު ހިފޭ ހިދުމަތްތަކާއެކު، ސައިކަލަށް ބޭނުންވާ ސްޕެއަރ ޕާޓްސްތައް ޝީޝާ މެދުވެރިކޮށް ފަސޭހަކަމާއެކު ލިބެން ހުންނާނެއެވެ.
ދިރާގުޕޭ އީ-ވޮލެޓްއިން ލިބޭ ހިދުމަތްތަކުގެ ތެރޭގައި، ބިލް ސްޕްލިޓިންގ، ސަބް ވޮލެޓް، ޕިއަރ-ޓު-ޕިއަރ ޓްރާންސްފަރ، ފަވަރަ ޓްރާންސްފަރ އަދި ބިލަށް ފައިސާދެއްކުން ފަދަ ކަސްޓަމަރުންނަށް ބޭނުންތެރި ހިދުމަތްތައް ހިމެނެއެވެ.
މި ހާއްސަ ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކޮށް، ކަސްޓަމަރުންނަށް ރައްކާތެރި، ހަލުއި އަދި ފަސޭހަ މަގެއް ފަހިކޮށްދިނުމުގެ މަގުސަދުގައި ދިރާގު ފިންޓެކްއިން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.
ގުޅުންހުރި
ދިރާގު މާލެ އޯޕަން ގައި ރަޖިސްޓަރކުރުމުގެ ފުރުސަތު 31 ޖުލައިގެ ނިޔަލަށް ހަމަވަނީ

ހޮންޑާ އެއަރ ބްލޭޑް 125 ސްޕެޝަލް އެޑިޝަން ސައިކަލެއް ހޯދުމުގެ ފުރުސަތު

ދިރާގު ސައިބަރ ޕްރޮޓެކްޓް – އީސެޓްގެ ޓެކްނޮލޮޖީއާ އެކު މެނޭޖްޑް އެންޑްޕޮއިންޓް ސެކިއުރިޓީގެ ހިދުމަތް




