logoEN
WAMCO TOP 1
ދިރާގު މާލެ އޯޕަން ގައި ރަޖިސްޓަރކުރުމުގެ ފުރުސަތު 31 ޖުލައިގެ ނިޔަލަށް ހަމަވަނީ

ދިރާގު މާލެ އޯޕަން ގައި ރަޖިސްޓަރކުރުމުގެ ފުރުސަތު 31 ޖުލައިގެ ނިޔަލަށް ހަމަވަނީ

# ސްވިމް މޯލްޑިވްސް# ދިރާގު

ފޮޓޯ: ދިރާގު

'ދިރާގު މާލޭ އޯޕަން' ފެތުމުގެ މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓަރކުރުމުގެ ފުރުސަތު 31 ޖުލައި 2026 ނިޔަލަށް ހަމަވާނެކަން ދިރާގުން ހަނދާންކޮށްދީފިއެވެ.

THE TRAVELLER AD

ދިރާގުން ބުނީ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 21 އަދި 22 އޮގަސްޓުގައި ރަސްފަންނުގައި ކަމަށެވެ.

ސްވިމް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ ފޯރިގަދަ 'ދިރާގު މާލޭ އޯޕަން' ސްވިމިންގ މުބާރާތުގެ މަގުސަދަކީ، ރާއްޖޭގައި އޯޕަން ވޯޓަރ ސްވިމިންގ ކުރިއަރުވައި، މި ކުޅިވަރަށް ޝައުގުވެރިކަން އުފެއްދުމުގެ އިތުރުން، ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ.

މި މުބާރާތުގެ 1 ކިލޯމީޓަރ، 500 މީޓަރ، 250 މީޓަރ އަދި، މި އަހަރު މުޅިން އަލަށް ތައާރަފްކޮށްފައިވާ 500 މީޓަރުގެ ޓީމް ރިލޭ ކެޓަގަރީއަށް ރަޖިސްޓަރީކުރުމުގެ ފުރުސަތު https://swimmaldives.org/male-open-2026/#register މެދުވެރިކޮށް ވަނީ ހުޅުވައިލައިފައެވެ.

ވޭތުވެ ދިޔަ އަހަރު ބޭއްވި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 350 ފެތުންތެރިން ބައިވެރިވެ، 340 އަށްވުރެ ގިނަ ފެތުންތެރިން ވަނީ ރޭސް ފުރިހަމަކޮށްފައެވެ. މީގެ ތެރޭގައި އުމުރުން 5 އަހަރުން ފެށިގެން 65 އަހަރާ ދެމެދުގެ ފެތުންތެރިން ހިމެނެއެވެ.

ދިރާގުން ދަނީ ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއަޅާ، އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދޭ، އަދި، ގިނަ ބަޔަކަށް ބައިވެރިވެވޭގޮތަށް ބާއްވާ މި ފަދަ ކުޅިވަރު އަދި އެހެނިހެން ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކޮމެންޓް
ފަހުގެ
HDC