logoEN
WAMCO TOP 1
ލ. އަތޮޅުގެ ހަ ރަށެއްގައި އެމްއެންޑީއެފްގެ ހާއްސަ ތަމްރީނުތަކެއް ބާއްވަނީ

ލ. އަތޮޅުގެ ހަ ރަށެއްގައި އެމްއެންޑީއެފްގެ ހާއްސަ ތަމްރީނުތަކެއް ބާއްވަނީ

# އެމްއެންޑީއެފް

އެމްއެންޑީއެފް

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކުރިއަށްގެންދާ ހާއްސަ ތަމްރީނުތަކެއް ލ. އަތޮޅުގެ ހަ ރަށެއްގައި ބޭއްވުމަށް ހަމަޖެހިފައިވާކަން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް އިން އިއުލާނުކޮށްފިއެވެ.

THE TRAVELLER AD

މި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2026 ޖުލައި 26 އިން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ސިފައިން އެ އަތޮޅުގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާނެއެވެ.

ތަމްރީނުތައް ކުރިއަށްދާނެ ރަށްތައް

އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި މި ތަމްރީނުތައް ކުރިއަށްދާނީ ލ. އަތޮޅުގެ ތިރީގައިވާ ރަށްތަކުގައެވެ:

  1. ލ. މާބައިދޫ
  2. ލ. މުންޑޫ
  3. ލ. އުވަދެވިފުށި
  4. ލ. ކަޅައިދޫ
  5. ލ. މަހާކަންފުށި
  6. ލ. ބަރެސްދޫ

މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތަމްރީނުތަކުގެ ތެރޭގައި ބްލޭންކްސް އާއި ޕައިރޯޓެކްނިކްސް ބޭނުންކުރާނެ ކަމަށްވެސް ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ.

މި ތަމްރީނުތައް ކުރިއަށް ގެންދާނީ އެއްވެސް މީހަކަށް ނުވަތަ ތަނަކަށް ގެއްލުން ނުވާނެ ފަދަ ގޮތަކަށް އިންތިޒާމު ކުރެވިގެން ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ. މިކަމާ ގުޅޭގޮތުން އާންމުންނަށް މައުލޫމާތު ދިނުމުގެ ގޮތުން މިނިސްޓްރީން ވަނީ ހާއްސަ އިއުލާނެއް ނެރެފައެވެ.

ކޮމެންޓް
ފަހުގެ
HDC