
ފާއިތުވި ހަފުތާގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިން 23 ހާދިސާއަކަށް އެޓެންޑުވި!
# އެމްއެންޑީއެފް-
ސިފައިންގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެމްއެންޑީއެފް އެފްއާރްއެސް) އިން ފާއިތުވި ހަފުތާގެ ތަފާސްހިސާބުތައް ހާމަކޮށްފިއެވެ.

12 ޖުލައި 2026 އިން 18 ޖުލައި 2026 އަށް ހިނގި ހާދިސާތަކުގެ ރިޕޯޓަށް ބަލާއިރު، މި މުއްދަތުގައި މުޅި ޖުމްލަ 23 ހާދިސާއެއް ހިނގައިގެން ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.
މި ހަފުތާގެ ރިޕޯޓުގައި އެންމެ ގިނައީ އަލިފާނުގެ ހާދިސާތަކެވެ. އެގޮތުން ޖުމްލަ 12 އަލިފާނުގެ ހާދިސާއެއް ރިޕޯޓްކޮށްފައިވާއިރު، ނުރައްކާތެރި ކެމިކަލް ނުވަތަ ހެޒްމެޓް އާ ގުޅުންހުރި 1 ހާދިސާއެއް ވަނީ ހިނގާފައެވެ. މީގެ އިތުރުން މީހުން ސަލާމަތްކުރުމުގެ 5 އޮޕަރޭޝަނަކަށާއި، ބަލިމީހުން އުފުލުމުގެ 4 އޮޕަރޭޝަން ހިމެނެއެވެ.
ސަރަހައްދުތަކަށް ބަލާއިރު އެންމެ ގިނަ ހާދިސާތައް ހިނގާފައިވަނީ މާލެ ސަރަހައްދުގައެވެ. އެގޮތުން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން 16 ހާދިސާއަކަށް އެޓެންޑްކޮށްފައިވާއިރު، ސަދަން އޭރިއާ ކޮމާންޑުން 3 ހާދިސާއެއް ރިޕޯޓްކޮށްފައިވެއެވެ. މި މުއްދަތުގައި ނޮދަން އޭރިއާއިން ވެސް އެއް ހާދިސާ އަދި ސެންޓްރަލް އޭރިއާ ކޮމާންޑުން 3 ހާދިސާއެއް ރިޕޯޓްކޮށްފަވެއެވެ.
އެމްއެންޑީއެފުން އަބަދުވެސް ދަނީ އަލިފާނުގެ ހާދިސާތައް އިތުރުވަމުންދާތީ، ގޭގޭގައްޔާއި ވިޔަފާރިކުރާ ތަންތަނުގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށާއި، ކައްކަން ބޭނުންކުރާ ގޭސް ސިލިންޑަރާއި ކަރަންޓު ސާމާނުތަކަށް އަބަދުވެސް ސަމާލުވުމަށް ސިފައިން އިލްތިމާސްކުރެއެވެ.
ގުޅުންހުރި

ފާއިތުވި ހަފުތާގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިން 23 ހާދިސާއަކަށް އެޓެންޑުވި!

މާމެންދޫގައި "މޫދު ކަސްރަތު" ޕްރޮގްރާމް ފަށައިފި

އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، އއ. އަތޮޅުގެ ރަށްތަކުގެ ރަސްމީ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި




