
ފޮޓޯ: މިނިސްޓްރީ
ހުދުކޫޑި ކޮންޓްރޯލުކުރުމުގެ ތަޖުރިބާތަކެއް ހދ. ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ކޮށްފިއެވެ.

މިއީ ދިވެހިރާއްޖޭގެ އަތޮޅުތަކުގައި ހުރި ރުއްތަކުގައި ހުދުކޫޑި އެޅުމުގެ ސަބަބުން ރުއްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމުގެ ޝަކުވާތައް މިނިސްޓްރީއަށް ލިބެމުންދިއުމާ ގުޅިގެން އެކަން ޙައްލުކޮށްދިނުމަށްޓަކައި ޗައިނާ ސަރުކާރުގެ އެހީގައި ހިންގާ 'މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް' ގެ ދަށުން ކޮކޮނަޓް ހިސްޕިޑް ބީޓްލް ކޮންޓްރޯލުކުރުމަށް ގެނެސްފައިވާ ޔޭޖިއާޗިންގް (އެސެޓަމިޕްރިޑް + މޮނޯސަލްޓެޕް) ޕެސްޓިސައިޑު ޕަކެޓް ބޭނުންކޮށްގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.
މިނިސްޓްރީން ބުނީ މިތަޖުރިބާތަކުގެ އީޖާބީ ނަތީޖާގެ އަލީގައި ހުދުކޫޑި ކޮންޓްރޯލުކުރުމަށްޓަކައި ހުރިހާ ކައުންސިލްތަކަށް ޕެސްޓިސައިޑު ޙަވާލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މިގޮތުން، ރަށުގައި ހުރި ރުއްތަކުގެ ޢަދަދަށް ބިނާކޮށް ކޮންމެ ކައުންސިލަކަށްވެސް ޕެސްޓިސައިޑު ޕަކެޓް ހަވާލުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިޕްރޮގުރާމްގެ ދަށުން ޕެސްޓިސައިޑު ފުރަތަމަ ޙަވާލުކުރެވުނީ ހއ. ބާރަށު ކައުންސިލާއެވެ. އެރަށުގައި ވަނީ ރުއްތަކަށް ޕެސްޓިސައިޑުލުމުގެ ޕްރޮގުރާމް ހިންގާފައެވެ.
މިޕްރޮގުރާމްގެ ދަށުން ހއ. ހދ. ށ. އަތޮޅުތަކުގައި ހިމެނޭ ރަށްތަކުގެ ކައުންސިލްތަކަށް ޕެސްޓިސައިޑު ޙަވާލުކުރުމުގެ ސިޓީތައް ވަނީ ފޮނުވާފައެވެ. މިއަތޮޅުތަކުން ޕެސްޓިސައިޑާ ޙަވާލުވާނީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުންނެވެ. މިނޫން އަތޮޅުތަކުން ޕެސްޓިސައިޑާ ޙަވާލުވާނީ މާލެއިންނެވެ.
މީގެއިތުރުން، ހުދުކޫޑީގެ މައްސަލަ ދިމާވެގެން އެކަން ޙައްލުކޮށްދިނުމަށް އެދި ލ.ކަލައިދޫ، ގދ. ފިޔޯރީ، އައްޑޫސިޓީގެ މީދޫން މިނިސްޓްރީގައި އެދިފައިވާތީ، އެރަށްރަށަށްވެސް ޕެސްޓިސައިޑު ޙަވާލުކުރުމުގެ ސިޓީތައް ވެސް ވަނީ ފޮނުވިފައެވެ. އިތުރު އަތޮޅުތަކަށް ޕެސްޓިސައިޑު ޙަވާލުކުރުމަށް ސިޓީތައް ފޮނުވުމުގެ މަސައްކަތް މި ވުޒާރާއިން ދަނީ ކުރަމުންނެވެ.
ގުޅުންހުރި

ހުދުކޫޑި ކޮންޓްރޯލުކުރުމަށް ރުއްތަކަށް ބޭސްލުމުގެ ޕްރޮގުރާމް ފަށައިފި

ހުޅުމާލެ ކަންނެލި ފެކްޓްރީގެ މަސައްކަތް 18 މަހުން ނިންމާލެވޭނެ - ޝިޔާމް

އައު އީޖާދީ ވަސީލަތްތަކުން މުޅި ސާކް ސަރަޙައްދުގެ ކާނާގެ ރައްކާތެރިކަން ކަށަވަރުވާނެ - މުއްޠަލިބް




