logoEN
WAMCO TOP 1
ހުޅުމާލެ ކަންނެލި ފެކްޓްރީގެ މަސައްކަތް 18 މަހުން ނިންމާލެވޭނެ - ޝިޔާމް

ހުޅުމާލެ ކަންނެލި ފެކްޓްރީގެ މަސައްކަތް 18 މަހުން ނިންމާލެވޭނެ - ޝިޔާމް

އަހުމަދު ޝުރާއު

logo

7/14/2026, 6:11:43 AM

# ފިޝަރީޒް މިނިސްޓްރީ

-

ހުޅުމާލޭގައި ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންނެވި ބޮޑުކަންނެލި ބަންދުކުރާ ފެކްޓްރީ ގާއިމްކުރުމުގެ އަމަލީ މަސައްކަތް މިދިޔަ ހަފުތާގައި ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

މިނިސްޓަރު މިހެން ވިދާޅުވީ، އެ ފެކްޓްރީގެ މަސައްކަތްތަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ޝިޔާމް މައުލޫމާތު ދެއްވި ގޮތުގައި، ހުޅުމާލޭގައި 100 މެޓްރިކް ޓަނުގެ ކަންނެލި ބަންދުކުރާ މި ކާރުޚާނާ ގާއިމްކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކުރެވިފައިވާއިރު، ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި އެ ފެކްޓްރީގެ މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެއެވެ.

"ކަންނެލި މަސްވެރިންނަށް ހައްލު ހޯދަން ގާއިމްކުރާ ފެކްޓްރީއެއް މިއީ، އެ ފެކްޓްރީގެ އެބައި ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ،" މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މި ފެކްޓްރީ ގާއިމްކުރުމަކީ ބޮޑުކަންނެލި މަސްވެރިން ސަރުކާރުގައި އެދެމުން އަންނަ ކަންތައްތަކުގެ ތެރެއިން އެންމެ މުހިންމު އަދި އެންމެ އެދެމުންދާ އެއް ކަންތައް ކަމަށެވެ. މީގެ ސަބަބުން ކަންނެލި މަސްވެރިންނަށް ކިރުވުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

ހުޅުމާލޭގައި ސަރުކާރުން ބޮޑުކަންނެލި ފެކްޓްރީއެއް ހަދަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފުރަތަމަ އިއުލާން ކުރެއްވީ 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC