logoEN
WAMCO TOP 1
10 އަހަރުވީ އަންހެނުންގެ ލޯންގްކޯސް ފަންސާސް މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓު ރެކޯޑު ސާރާ މުގުރާލައިފި

10 އަހަރުވީ އަންހެނުންގެ ލޯންގްކޯސް ފަންސާސް މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓު ރެކޯޑު ސާރާ މުގުރާލައިފި

އަހުމަދު ޝުރާއު

logo

7/21/2026, 3:39:23 PM

# ސްވިމިންގް

-

ތައިލެންޑުގެ ބެންކޮކްގައި މިހާރު ކުރިއަށްދާ 12 ވަނަ އޭޝިއަން އޭޖް ގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕް 2026 ގައި، އަންހެނުންގެ ލޯންގްކޯސް 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑު ސާރާ މުހައްމަދު އާކޮށްފިއެވެ.

THE TRAVELLER AD

ސާރާ މި ރެކޯޑު އާކޮށްފައިވަނީ އެ އިވެންޓު 35.75 ސިކުންތުން ފުރިހަމަކޮށްގެންނެވެ.

މި އިވެންޓުގެ ގައުމީ ރެކޯޑު އެންމެ ފަހުން އޮތީ އައިޝަތު ސާޖިނާ އަތުގައި އެވެ. އެއީ 2016 ވަނަ އަހަރު މެލޭޝިއާގައި ކުރިއަށްދިޔަ 59 ވަނަ މައިލޯ/ޕްރަމް މެލޭސިއަން އޯޕަން ސްވިމިންގ ޗެމްޕިއަންޝިޕްސްގައެވެ. އެ ފަހަރު ސާޖިނާ މި އިވެންޓު ފުރިހަމަކޮށްފައިވަނީ 37.17 ސިކުންތުންނެވެ.

ބެންކޮކްގައި ކުރިއަށްދާ މުބާރާތުގައި ސާރާ ދެއްކި މޮޅު ކުޅުމާއެކު، އޭނާ ވަނީ ސާޖިނާގެ ރެކޯޑަށްވުރެ 1.42 ސިކުންތު އަވަހަށް އިވެންޓް ނިންމައި، ދިވެހި ފީނުމުގެ ތާރީޚުގައި އާ ސަފުހާއެއް ލިޔެފައެވެ.

ކޮމެންޓް
ފަހުގެ
HDC