logoEN
WAMCO TOP 1
100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް އާން  އައުކޮށްފި

100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް އާން އައުކޮށްފި

ހަސަން ޝަމްއޫން

logo

5/24/2024, 11:52:37 PM

# ސްވިމިންގް# ދިވެހި ކުޅިވަރު

މުޙައްމަދު އާން ޙުސައިން

މެލޭޝިއާގައި މިހާރު ކުރިއަށްދާ 66 ވަނަ މެލޭޝިއާ އޯޕަން ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި ރާއްޖޭގެ ގައުމީ ޓީމުގެ ފެތުންތެރިއާ މުޙައްމަދު އާން ޙުސައިން ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް އައުކޮށްފިއެވެ.

THE TRAVELLER AD

އާން މިއިވެންޓުން ގައުމީ ރެކޯޑް އައުކޮށްފައި ވަނީ 00.54.46 ސިކުންތުން 100 މީޓަރ ފްރީސްޓައިލް ރޭސް ފުރިހަމަކޮށްގެންނެވެ. އަދި މީގެ އިތުރުން އާން ވަނީ މިއިވެންޓްގެ ފައިނަލް ސީ އަށްވެސް ކޮލިފައިވެފައެވެ. އަދި ފައިނަލުގައި އޭނާ ރޭސް ނިންމާފައިވަނީ 00.54.75 ސިކުންތުންނެވެ.

ކުރިންވެސް 100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު އޮންނަ އާން އެންމެފަހުން އާކޮށްފައިވަނީ، މިއަހަރު ކުރީކޮޅު ބޭއްވި 11 ވަނަ އޭޝިއަން އޭޖްގްރޫޕް ޗެމްޕިއަންޝިޕްސްގައެވެ. އޭނާ އެފަހަރު ޤައުމީ ރެކޯޑު އާކޮށްފައިވަނީ 00.55.11 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ކޮމެންޓް
ފަހުގެ
HDC