logoEN
WAMCO TOP 1
1500މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް ރިހާން އައުކޮށްފި

1500މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް ރިހާން އައުކޮށްފި

ހަސަން ޝަމްއޫން

logo

5/25/2024, 12:22:53 AM

# ސްވިމިންގް# ދިވެހި ކުޅިވަރު

މުޙައްމަދު ރިޙާން ޝިހާމް

ފިރިހެނުންގެ ލޯންގްކޯސް 1500 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް މުޙައްމަދު ރިޙާން ޝިހާމް އާކޮށްފިއެވެ. މެލޭޝިއާގައި މިހާރު ކުރިއަށްދާ 66 ވަނަ މެލޭޝިއާ އޯޕަން ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި ރިހާން މި ޤައުމީ ރެކޯޑު އާކޮށްފައި ވަނީ 18.03.57 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

THE TRAVELLER AD

ރީހާން މިއިވެންޓުން ގައުމީ ރެކޯޑް އައުކޮށްފައި ވަނީ 18.03.57 އިން ރޭސް ފުރިހަމަކޮށްގެންނެވެ. މިއީ ކުރީގެ ރެކޯޑަށްވުރެ އެއް މިނެޓް 23 ސިކުންތު އަވަސް ވަގުތެކެވެ.

ކުރިން ފިރިހެނުންގެ ލޯންގްކޯސް 1500 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް އޮތީ މުބާލް ޢައްޒާމް އިބްރާޙީމް އަތުގައެވެ. އޭނާ މިރެކޯޑް ހަދާފައިވަނީ 2018 ވަނަ އަހަރު ބޭއްވުނު 18 ވަނަ އޭޝިއަން ގޭމްސްގައި 19.26.54 ގެ ވަގުތަކުން ރޭސްނިންމައިގެންނެވެ.

ކޮމެންޓް
ފަހުގެ
HDC