logoEN
WAMCO TOP 1
100 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް އެއްދުވަސްތެރޭގައި ދެވަނަ ފަހަރަށް ރިހާން އައުކޮށްފި

100 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް އެއްދުވަސްތެރޭގައި ދެވަނަ ފަހަރަށް ރިހާން އައުކޮށްފި

ހަސަން ޝަމްއޫން

logo

5/25/2024, 10:46:34 AM

# ސްވިމިންގް# ދިވެހި ކުޅިވަރު

މުޙައްމަދު ރިޙާން ޝިހާމް

މެލޭޝިއާގައި މިހާރު ކުރިއަށްދާ 66 ވަނަ މެލޭޝިއާ އޯޕަން ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި ރާއްޖޭގެ ގައުމީ ޓީމުގެ ފެތުންތެރިއާ މުޙައްމަދު ރިޙާން ޝިހާމް ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑް އެއްދުވަސް ތެރޭގައި ދެވަނަ ފަހަރަށް އައުކޮށްފިއެވެ.

THE TRAVELLER AD

މިއަދު ހެނދުނު ލޯންގްކޯސް 100 މީޓަރ ބަޓަރފްލައި އިވެންޓުގެ ހީޓުގައި ވާދަކޮށް 01.00.73 އިން ރޭސް ނިންމައިގެން ރިހާން ގައުމީ ރެކޯޑް އައުކުރިއިރު، މިއިވެންޓްގެ ރެކޯޑް ކުރިން ވެސް އޮތީ ރިހާން އަތުގައެވެ. އެއީ، މިއަހަރު ކުރީކޮޅު ބޭއްވި 11 ވަނަ އޭޝިއަން އޭޖްގްރޫޕް ޗެމްޕިއަންޝިޕްސްގައި 01.01.60 އިން ރޭސް ނިންމައިގެން އޭނާ ހަދާފައިވާ ރެކޯޑެކެވެ.

މިއިވެންޓުގެ ފައިނަލް ސީ ގައި ވާދަކޮށް އެއް ދުވަސްތެރޭގައި ދެވަނަ ފަހަރަށް ރިހާން ގައުމީ ރެކޯޑް އައުކުރީ 01.00.14 އިން ރޭސް ނިންމައިގެންނެވެ. މީގެ އިތުރުން މިމުބާރަތުގައި ފިރިހެނުންގެ ލޯންގްކޯސް 1500 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑް ވެސް މުޙައްމަދު ރިޙާން ޝިހާމް ވަނީ އައުކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC