logoEN
WAMCO TOP 1
އެމްއޭސީއެލް އަދި އައްޑޫ އެއަރޕޯޓް ބޯޑަށް އައު މެންބަރުން އައްޔަނުކޮށްފި

އެމްއޭސީއެލް އަދި އައްޑޫ އެއަރޕޯޓް ބޯޑަށް އައު މެންބަރުން އައްޔަނުކޮށްފި

އަހުމަދު ޝުރާއު

logo

6/24/2026, 3:40:31 PM

# ޕީސީބީ

-

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށާއި، ގަން އިންޓަނޭޝަނަލް އެއަރޕޯޓް ހިންގާ އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް (އޭއައިއޭ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް މިއަދު އައު ބޭފުޅުންތަކެއް އައްޔަންކޮށްފިއެވެ.

THE TRAVELLER AD

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، މި ދެ ކުންފުނީގެ ބޯޑަށް ގެނައި ބަދަލުތަކަށް މިއަދުން ފެށިގެން ރަސްމީކޮށް ޢަމަލުކުރަން ފަށާފައިވާ ކަމަށެވެ.

ޕީސީބީން މިއަދު ހާމަކުރި މަޢުލޫމާތުތަކަށް ބަލާއިރު، ރާއްޖޭގެ މައި ދޮރާށި ބަލަހައްޓާ އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ ސ. ހުޅުދޫ، ރިވަރސައިޑު އަޙްމަދު ނާޞިފު އެވެ. ނާޞިފަކީ މީގެ ކުރިންވެސް ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ އިސް މަޤާމުތަކާއި ބޯޑުތައް ފުރައްވާފައިވާ، ހިންގުމުގެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ.

މީގެ އިތުރުން، ދެކުނުގެ އިޤްތިޞާދީ މައި ހަބް ކަމަށްވާ ގަމުގެ އެއަރޕޯޓު ހިންގާ އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް މިއަދު އައްޔަނުކުރެއްވީ ސ. ހިތަދޫ، ވެލްކަމްވިލާ ޝެރީނާ ޞާލިޙް އެވެ

ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސިނާޢަތް ކުރިއަރުވައި، އެއަރޕޯޓްތަކުގެ ޚިދުމަތުގެ ފެންވަރު ދުނިޔޭގެ މިންގަނޑުތަކަށް ފެއްތުމަށް ސަރުކާރުން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި، މި ދެ ކުންފުނީގެ ބޯޑަށް އައި އައު ބަދަލާއެކު ކުންފުނިތަކުގެ ކުރިމަގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ޕީސީބީން ބުނެއެވެ.

ކޮމެންޓް
ފަހުގެ
HDC