logoEN
WAMCO TOP 1
ނިކް އާއި ޖޯ ޖޯނަސް ޕޮޑްކާސްޓްގައި ޕްރިޔަންކާއަށް ތައުރީފު އޮއްސާލައިފި

ނިކް އާއި ޖޯ ޖޯނަސް ޕޮޑްކާސްޓްގައި ޕްރިޔަންކާއަށް ތައުރީފު އޮއްސާލައިފި

ސާރާ އަހުމަދު

logo

7/19/2026, 6:44:58 PM

# ބޮލީވުޑް# ހޮލީވުޑް

--

މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސް މިވަނީ، އޭނާގެ ފިރިމީހާ ނިކް ޖޯނަސް އަދި ޖޯ ޖޯނަސްއާ އެކު 'ހޭ ޖޯނަސް' ޕޮޑްކާސްޓްގައި ބައިވެރިވެ، އާއިލީ ދިރިއުޅުމުގެ އިތުރުން ބުރަ ކެރިއަރަކާއެކު ދަރިން ބެލުމާ ބެހޭގޮތުން ވާހަކަދައްކާފައެވެ.

THE TRAVELLER AD

2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކައިވެނިކުރި ޕްރިޔަންކާ އާއި ނިކްއަށް ދަރިފުޅު މާލްތީ މޭރީ ލިބުނީ 2022 ގެ ޖެނުއަރީގައެވެ.

ޕްރިޔަންކާ ޕޮޑްކާސްޓުގައި ބުނީ، މަންމައަކަށް ވުމުން އަމިއްލަ ކުޅަދާނަކަމާ މެދު ދެކޭގޮތް މުޅިން ބަދަލުވެއްޖެ ކަމަށެވެ. ދާދިފަހުން ދަރިފުޅު މާލްތީ ބަލިވި ރެއެއްގެ ހަނދާން އާކުރަމުން އޭނާ ބުނީ، އަމިއްލަ ނަފްސުގައި ހުރިކަން ކުރިން ނޭނގޭ ފަދަ ވަރުގަދަ ހިތްވަރެއް އެރޭ ފެނުނު ކަމަށެވެ.

ޕްރިޔަންކާ ބުނިގޮތުގައި، ކުރިން 8 ގަޑިއިރުގެ ނިދި ނުލިބިއްޖެނަމަ އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް އޭނާ ހީކުރި ނަމަވެސް، ދަރިފުޅު ބަލިވުމުން އިރުކޮޅަކާ ހޭލަން ޖެހުނުއިރުވެސް ހަށިގަނޑު ހުރީ ވަރަށް ހީވާގީކޮށެވެ. މިއީ ދަރިފުޅުދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން ވާގޮތެއް ކަމަށް އޭނާ ސިފަކުރިއެވެ.

ޕޮޑްކާސްޓްގައި ނިކް ވަނީ ދަރިފުޅާ މުއާމަލާތްކުރުމުގައި ޕްރިޔަންކާ ގެންގުޅޭ ކެތްތެރިކަމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ބުރަ ޝެޑިއުލެއް އޮންނަ އިރުވެސް، ދަރިފުޅާ އެކު ހޭދަކުރާ ވަގުތު އެހެން ހުރިހާ ކަމެއް މަތިން ހަނދާން ނައްތާލާ، ހަމައެކަނި ދަރިފުޅަށް ސަމާލުކަންދޭ ދިނުމަކީ އޭނާ ޕްރިޔަންކާގެ ކިބައިން އެންމެ ފާހަގަވާ ކަންތައް ކަމަށް ނިކް ބުންޏެވެ.

ޖޯ ޖޯނަސްވެސް ވަނީ މި ވާހަކައިގައި ބައިވެރިވެ، ދުނިޔޭގެ އެކި ހިސާބުތަަކަށް ދަތުރުކޮށް ބުރަކޮށް އުޅޭއިރުވެސް ޕްރިޔަންކާ އާއިލާއަށް ބަހައްޓާ ގާތްކަން ފާހަގަކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC