logoEN
WAMCO TOP 1
އެމްއެސްއެމްއީ ފެސްޓް 2026 ގައި ބައިވެރިވުމަށް ކިއޮސްކްތައް ރަޖިސްޓްރީކުރުމުގެ ފުރުޞަތު ހުޅުވާލައިފި

އެމްއެސްއެމްއީ ފެސްޓް 2026 ގައި ބައިވެރިވުމަށް ކިއޮސްކްތައް ރަޖިސްޓްރީކުރުމުގެ ފުރުޞަތު ހުޅުވާލައިފި

އަހުމަދު ޝުރާއު

logo

6/24/2026, 9:31:04 AM

# ބީސީސީ

-

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް އާއި ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ބާއްވާ "އެމްއެސްއެމްއީ ފެސްޓް 2026" ގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމަށް ބޭނުންވާ ކިއޮސްކްތައް ރަޖިސްޓްރީކުރުމުގެ ފުރުޞަތު މިއަދު ރަސްމީކޮށް ހުޅުވާލައިފިއެވެ.

THE TRAVELLER AD

މި ފެސްޓިވަލަކީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް އެ ފަރާތްތަކުގެ މާކެޓް ފުޅާކޮށް، ގިނަ ކަސްޓަމަރުންތަކަކާ ބައްދަލުކުރުމަށް ލިބިގެންދާނެ ނުހަނު ފަހި އަދި ރަނގަޅު ފުރުޞަތެކެވެ.

މި ޖޫން މަހުގެ 27 ވާ ހޮނިހިރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލް ކުރިއަށްދާނީ އެދުވަހުގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ.

ފެސްޓިވަލްގެ ތެރޭގައި ވިޔަފާރިތަކުގެ އިތުރުން، އާންމުން ޝައުޤުވެރިވާނެ ފަދަ ލައިވް މިއުޒިކާއި، ކުޑަކުދިންނަށް ޚާއްޞަ ތަފާތު ހަރަކާތްތަކުގެ އިތުރުން ކާބޯތަކެތީގެ ގިނަ ސްޓޯލްތަކެއްވެސް ހިމެނިގެންދާނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި ފެސްޓިވަލުން ވިޔަފާރިވެރިންނަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 30 ކިއޮސްކެވެ. މި ކިއޮސްކްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހަކަށް 1,000 ރުފިޔާގެ ރޭޓުން ކަމަށްވާތީ، ޖާގަ ލިބޭނީ އެންމެ ފުރަތަމަ ރަޖިސްޓްރީކުރާ ފަރާތްތަކަށް އިސްކަންދޭ އުޞޫލުންނެވެ.

އެހެންކަމުން، ފެސްޓިވަލްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ލަސްނުކޮށް ރަޖިސްޓްރީވުމަށް ބީސީސީއިން އިލްތިމާސްކުރެއެވެ.

މި ފެސްޓިވަލްގައި ބައިވެރިވުމަށް ވޯކިންގް ވެންޑަރުން ރަޖިސްޓްރީކުރުމުގެ ފޯމު ފުރާނީ މިކަމަށް ޚާއްޞަކޮށްފައިވާ އޮންލައިން ކިއުއާރް (QR) ކޯޑު ސްކޭންކޮށްގެންނެވެ. އެސްއެމްއީ ޑިޖިޓަލްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި ރަޖިސްޓްރޭޝަން ފޯމު ފުރުމުން، ވިޔަފާރިތަކަށް ފަސޭހަކަމާއެކު ފެސްޓިވަލްގެ ޖާގަ ކަށަވަރުކުރުމުގެ މަގު ފަހިވެގެންދާނެއެވެ. މިއީ ރާއްޖޭގެ އަމިއްލަ އުފެއްދުންތެރިކަން ކުރިއަރުވައި އިޤްތިޞާދު ވަރުގަދަކުރުމަށް ސަރުކާރުން އަޅަމުންދާ ވަރަށް ހަރުދަނާ ފިޔަވަޅެކެވެ.

ކޮމެންޓް
ފަހުގެ
HDC