
ޒުވާން ވިޔަފާރިވެރިންނަށް މާލީ އެހީގެ އިތުރުން ތަމްރީނާއި މެންޓަރޝިޕް ދިނުމަށް ބީސީސީއާއި އެސްއެމްއީ ޑިޖިޓަލްއިން ގުޅިއްޖެ
# ބީސީސީ-
ޒުވާނުން ވިޔަފާރީގެ ދާއިރާއަށް ނެރުމަށްޓަކައި ހިންގާ "ޔޫތު އެންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ" އިނިޝިއޭޓިވް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އެސްއެމްއީ ޑިޖިޓަލް އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާ ދެމެދު އިއްޔެ ޚާއްސަ ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.

މިއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ގުޅިގެން ކުރިއަށްގެންދާ ފައިނޭންސިންގ ޕްރޮގްރާމެއްގެ ދަށުން، ޒުވާން ވިޔަފާރިވެރިންނަށް ދެވޭ އެހީތެރިކަން އިތުރަށް ފުޅާކުރުމަށްޓަކައި ވެވުނު އެއްބަސްވުމެކެވެ.
މި ބައިވެރިވުމުގެ ދަށުން، މި ސްކީމުގެ އެހީ ލިބޭ ފަރާތްތަކަށް ހަމައެކަނި މާލީ އެހީތެރިކަން ދިނުމުގެ އިތުރުން، ދެމެހެއްޓެނިވި އަދި ކާމިޔާބު ވިޔަފާރިތަކެއް ބިނާކުރުމަށް ބޭނުންވާ މުހިންމު އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. މީގެ ތެރޭގައި:
- ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ މެންޓަރޝިޕް ފޯރުކޮށްދިނުން
- ވިޔަފާރިވެރިން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ހިންގުން
- ވިޔަފާރިތައް ގާނޫނީގޮތުން ރަސްމީކޮށް ފޯމަލައިޒްކުރުމަށް އެހީތެރިވުން
- ކުރިއަށްގެންދާ ޕްރޮޖެކްޓްތައް މޮނިޓަރކޮށް، އެހީތެރިކަން ދިނުން
އެސްއެމްއީ ޑިޖިޓަލްއިން މައުލޫމާތު ދޭ ގޮތުގައި، މި އިނިޝިއޭޓިވްގެ މައިގަނޑު އަމާޒަކީ ދިވެހި ޒުވާން ވިޔަފާރިވެރިންގެ މުސްތަގުބަލަށް އިންވެސްޓްކޮށް، ރާއްޖޭގައި އުފެއްދުންތެރި އަދި ވަރުގަދަ އަމިއްލަ ވިޔަފާރިވެރިންގެ ޖީލެއް ބިނާކުރުމެވެ.
ގުޅުންހުރި

ޒުވާން ވިޔަފާރިވެރިންނަށް މާލީ އެހީގެ އިތުރުން ތަމްރީނާއި މެންޓަރޝިޕް ދިނުމަށް ބީސީސީއާއި އެސްއެމްއީ ޑިޖިޓަލްއިން ގުޅިއްޖެ
.jpg&w=3840&q=75)
އެމްއެސްއެމްއީ ފެސްޓް 2026 ގައި ބައިވެރިވުމަށް ކިއޮސްކްތައް ރަޖިސްޓްރީކުރުމުގެ ފުރުޞަތު ހުޅުވާލައިފި

އުފެއްދުންތެރިކަމުގެ މައުރަޒު: 31 އޮގަސްޓުގެ ކުރިން ތަކެތި ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލައިފި




