
--
ފިލްމުތަކަށް ލަވަކިޔުން ހުއްޓާލަން ނިންމުމަށްފަހު، އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރްޖިތް ސިންގް އަލުން ފިލްމުތަކަށް ލަވަކިޔަން ފަށައިފިއެވެ.

އަރްޖިތް އަލުން އެނބުރި އައިސްފައިވަނީ ބޮލީވުޑްގެ އައިކޮނިކް ފިލްމު 'އާވާރާޕަން' ގެ ދެވަނަ ބައި 'އާވާރާޕަން 2' އަށެވެ.
މި ފިލްމުގެ ސީކުއަލްއަށްޓަކައި އަރްޖިތް ސިންގް ވަނީ މަޝްހޫރު ޕްރޮޑިއުސަރު/ޑިރެކްޓަރު ވިޝޭޝް ބަޓް އާއި އެކު މަސައްކަތްކޮށްފައިއެވެ. އަރްޖިތް ކިޔައިދީފައިވާ 'ޔޭ އާވާރާޕަން' ލަވަ ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަދު އެވެ.
'އާވާރާޕަން' ގެ ފުރަތަމަ ފިލްމަކީ އޭގެ ހިތްގައިމު، އަސަރުގަދަ ލަވަތަކުން އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމަކަށްވާއިރު، 'އާވާރާޕަން 2' ގެ 'ޔޭ އާވާރާޕަން' ލަވައަކީވެސް ފޭނުންގެ ހިތްތައް އަތުލާނެ ފަދަ މިއުޒިކީ މާސްޓަރޕީސްއަކަށް ވާނެ ކަމަށް ވިޝޭޝް ބަޓް ވަނީ ކަށަވަރުކޮށްދީފައެވެ.
އަރްޖިތް އަޑުން އަލުން ލަވައެއް އިވޭތީ އެކަމަށް ވަރަށް ގިނަ ބަޔަކު ދަނީ އިންތިޒާރުކުރަމުންނެވެ.




.webp&w=3840&q=75)

