.webp&w=3840&q=75)
--
އަހަރެމެން ކާންވީ އެއްޗެއްސާއި ދިރިއުޅެންވީ ގޮތް މީހުން ބުނެދޭ ދުނިޔެއެއްގައި، އަމިއްލަ ދިރިއުޅުމުގެ އާދަކާދަތައް އަލުން ތަރުތީބުކުރަން ނިންމި އާދައިގެ އިންސާނެއްގެ ވާހަކަ ގެނެސްދޭ 'ޓެސްޓް ސަބްޖެކްޓް ވީ' ޑޮކިއު-ފީޗާ އޯޓީޓީގައި ރިލީޒްކޮށްފިއެވެ.

ސިއްހަތާއި، ކެއިންބުއިމުގެ ސަގާފީ އާދަކާދަތަކާ މެދު ސުވާލު އުފައްދާ މި ފިލްމު ޖުލައި 18 އިން ފެށިގެން ޖީއޯހޮޓްސްޓާ މެދުވެރިކޮށް ދަނީ ސްޓްރީމްކުރަމުންނެވެ.
ބޮލީވުޑްގެ މަޝްހޫރު ފިޓްނަސް އައިކަން ޖޯން އަބްރަހަމް ހުށަހަޅައިދޭ މި ފިލްމަކީ ކުނާލް އަވާންތީގެ ޚިޔާލަށް ތައްޔާރުކޮށް ސޯލް ކޯލީ ޑިރެކްޓްކޮށްފައިވާ އުފެއްދުމެކެވެ.
މި ފިލްމުގައި ޖޯން އަބްރަހަމް ޚާއްސަ ކެމިއޯ ރޯލަކުން ފެނިގެންދާއިރު، މަޝްހޫރު ޖޯޑު ރިތޭޝް ދޭޝްމުކް އާއި ޖެނެލިއާ ދޭޝްމުކްވެސް ފެނިގެންދެއެވެ.
މި ފިލްމުން ފެނިގެންދަނީ އާދައިގެ މީހަކު، ސިއްހަތާއި ކޭންބުއިމާ މެދު ގަބޫލުކުރަމުން އައި ދުވަސްވީ ވިސްނުންތަކާ ދެކޮޅަށް ތެދުވެ، އޭނާގެ ދިރިއުޅުން ބަދަލުކޮށްލަން ކުރާ އަސަރުގަދަ ދަތުރެވެ. ޖޯން އަބްރަހަމް ބުނެފައިވާ ގޮތުގައި މި ފިލްމަކީ ހަމައެކަނި މައުލޫމާތު ދިނުމުގެ އިތުރުން، އާންމުންގެ ދިރިއުޅުމުގެ އާދަކާދަތަކަށް ހެޔޮ ބަދަލެއް ގެނައުމަށް ބާރުއަޅައިދޭނެ އުފެއްދުމެކެވެ.
މި އުފެއްދުމަކީ މަޖާ އަދި ސިއްހީ އާދަތަކާމެދު އައު ނަޒަރިއްޔާތަކުން ވިސްނާލަން ބޭނުންވާ މީހުންނަށް ވަރަށް ކަމުދާނެ ފިލްމެކެވެ.






