
-
ކޮރަޕްޝަން ނައްތާލުމަށާއި ނަޒާހަތްތެރިކަން އިތުރުކުރުމަށް އެކުލަވާލާ "ނޭޝަނަލް އެންޓި-ކޮރަޕްޝަން ސްޓްރެޓެޖީ" (އެންއޭސީއެސް) އަދި އެކްޝަން ޕްލޭންގެ ދެލިކޮޕީއަށް މަޝްވަރާކުރުމަށް ބާއްވާ ޚާއްސަ ވަރކްޝޮޕެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަށައިފިއެވެ.

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އާ ގުޅިގެން ކުރިއަށްގެންދާ މި ވަރކްޝޮޕް ފެށިގެން ދިޔައީ މިއަދުއެވެ.
އޭސީސީގެ އިދާރާގައި 2026 ޖުލައި 20 އިން 22 ގެ ނިޔަލަށް ކުރިއަށްދާ މި ތިން ދުވަހުގެ ވަރކްޝޮޕަކީ ސަރުކާރުގެ އިދާރާތަކާއި، މިނިވަން މުއައްސަސާތަކާއި، އަމިއްލަ ކުންފުނިތަކުގެ އިތުރުން މަދަނީ ޖަމްޢިއްޔާތަކާއި ތަރައްޤީގެ ބައިވެރިން އެކުވެގެން، ކޮރަޕްޝަން ހުއްޓުވުމަށް ޤައުމީ ފެންވަރުގެ ފްރޭމްވޯކެއް އެކުލަވާލުމަށް ބާއްވާ މަޝްވަރާ ބައްދަލުވުމެކެވެ.
މިއަދު ބޭއްވި އިފްތިތާޙީ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހާއި، ޝަރުޢީ ދާއިރާގެ އިތުރުން ކަމާބެހޭ މުހިންމު އިދާރާތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ވަރކްޝޮޕްގެ ފުރަތަމަ ދުވަހު އަލިއަޅުވާލާނީ ސްޓްރެޓެޖީގެ ތަޞައްވުރާއި، އަސާސްތަކާއި، ސްޓްރެޓީޖިކް ލަނޑުދަނޑިތަކުގެ އިތުރުން އެކްޝަން ޕްލޭން އެކުލެވިގެންވާ ގޮތުގެ މައްޗަށެވެ. ދެވަނަ ދުވަހު ސަރުކާރުގެ އެކި ދާއިރާތަކަށް ޚާއްސަ ފިޔަވަޅުތަކާއި، ކަންކަން ދާގޮތް މޮނިޓަރުކުރާނެ ނިޒާމުތަކާއި، ދައުލަތުގެ މާލިއްޔަތާއި ޕްރޮކިއުމަންޓާއި ކުންފުނިތަކުގެ ނަޒާހަތްތެރިކަމާ މެދު މަޝްވަރާކުރެވޭނެއެވެ. އަދި ފަހު ދުވަހު އަމިއްލަ ވިޔަފާރިތަކާއި މަދަނީ ޖަމްޢިއްޔާތަކުގެ ބައިވެރިވުން އިތުރުކޮށް، ކޮރަޕްޝަން ހުއްޓުވުމުގައި އާންމުންގެ ބައިވެރިވުން އިތުރުކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރާނެއެވެ.
މި މަޝްވަރާތަކުގައި ޔޫއެންއޯޑީސީން ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކާއި ތަޖުރިބާތައް ހިއްސާކޮށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
އޭސީސީން ބުނި ގޮތުގައި މި ވަރކްޝޮޕްގެ ތެރެއިން ލިބޭ ޚިޔާލުތަކާއެކު ނޭޝަނަލް އެންޓި-ކޮރަޕްޝަން ސްޓްރެޓެޖީ އިތުރަށް ފުރިހަމަކުރެވި، ރާއްޖޭގައި ނަޒާހަތްތެރިކަން ޤާއިމުކުރުމަށް އެކަށީގެންވާ ޤައުމީ އޮަނިގަނޑެއް އެކުލަވާލެވިގެންދާނެއެވެ.
ގުޅުންހުރި

ޤައުމީ އެންޓި-ކޮރަޕްޝަން ސްޓްރެޓެޖީގެ މަޝްވަރާ ވަރކްޝޮޕް ފަށައިފި

ޕީޖީން އަންގައިގެން ބަލާ މައްސަލަތައް އަވަސް ކުރަން އޭސީސީގެ ގަވައިދަށް ބަދަލެއް ގެނެސްފި

ދަޢުލަތުގެ މާލިއްޔަތު ޤާނޫނަށް އޭސީސީގެ މުވައްޒަފުން އަހުލުވެރިކުރުމުގެ ތަމްރީން ޕްރޮގްރާމެއް ހިންގައިފި




