logoEN
WAMCO TOP 1
ބައްސާމުގެ މައްޗަށް މަނީ ލޯންޑްރިންގގެ ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފި

ބައްސާމުގެ މައްޗަށް މަނީ ލޯންޑްރިންގގެ ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފި

# މަނީ ލޯންޑަރިންގ# ބައްސާމް# އެފްއޭއެމް# އޭސީސީ

ފޮޓޯ: ގާފުއޮންލައިން

ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑްރިންގގެ ދައުވާ ކުރަން ނިންމައިފިއެވެ.

THE TRAVELLER AD

އެންޓި-ކޮރަޕްޝަން ކޮމިޝަން ބުނީ އެ ކޮމިޝަނާ ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ކުރިއަށްގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ދަށުން، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ ކުރީގެ ރައީސް ބައްސާމު ޢަދީލް ޖަލީލް (ގ.ފަހިވާގެ / ކ.މާލެ) ގެ މައްޗަށް މަނީ ލޯންޑްރިންގ ކުށުގެ ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

މިމައްސަލަ ޕީޖީ އޮފީހަށް ހުށަހަޅާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

މި މައްސަލައިގައި، އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވެ، އެ ފައިސާ އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑް (އެސް.އޯ.އެފް) ގެ ބޭންކް އެކައުންޓުތަކަށް ޖަމާކޮށް، ކުރީގެ ނައިބު ރައީސް، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މެދުވެރިވެގެން، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑުން ބައްސާމު ޢަދީލް ޖަލީލްގެ ބޭންކް އެކައުންޓަށް 29,000.00 (ނަވާވީސް ހާސް) އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަޙުޤީޤަށް ސާބިތުވެފައިވެއެވެ.

އަދި މިފައިސާ ބައްސާމު ޢަދީލް ޖަލީލްގެ އަމިއްލަ ބޭނުންތަކަށް ޚަރަދުކޮށްފައިވާކަން ތަޙުޤީޤަށް ފާހަގަވެފައިވެއެވެ.

އަދި، ބައްސާމު ޢަދީލް ޖަލީލް ވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ވިއްކުމުގެ ކަންކަމުގައި ބައިވެރިވެ، ރަށްތަކާއި ފަޅުތައް ކުއްޔަށްދިނުމާ ގުޅޭ ބައެއް އެއްބަސްވުންތަކުގައި އެ ކުންފުނީގެ ފަރާތުން ހެއްކެއްގެ ގޮތުގައި ސޮއިކޮށްފައެވެ.

މިމައްސަލައިގައި ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ޤާނޫނު ނަންބަރު 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމްއަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 53 ވަނަ މައްދާގެ (ހ) ގެ ދަށުންނެވެ.

ކޮމެންޓް
ފަހުގެ
HDC