logoEN
Sto top
ގެވެށި އަނިޔާގެ މައްސަލަތައް އަވަސްކޮށްދިނުމަށް އެދި ކޯޓަށް އޮޓޮމެޓިކުން ސިޓީ ފޮނުވޭގޮތް ހަދައިފި

ގެވެށި އަނިޔާގެ މައްސަލަތައް އަވަސްކޮށްދިނުމަށް އެދި ކޯޓަށް އޮޓޮމެޓިކުން ސިޓީ ފޮނުވޭގޮތް ހަދައިފި

އައިޝަތު އިފާޝާ

logo

2/3/2024, 3:15:22 PM

# ގެވެށި އަނިޔާ# ޕްރޮސެކިއުޓަރ ޖެނެރަލް

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް

ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމަވައިދެއްވުން އެދި ކޯޓަށް، އޮޓޮމެޓިކުން ސިޓީ ފޮނުވަން ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުން ފަށައިފިއެވެ.

Wamco

ޕީޖީ އޮފީހުން ވިދާޅުވީ، އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އިންޞާފު ހޯދައިދިނުމަށް އެއޮފީހުން އިސްނަގައިގެން ދައުލަތުގެ ތެރޭގައި ޚާއްޞަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށެވެ. ޕީޖީ އޮފީހަކީ ޓެކްނޮލޮޖީގެ ކުރިއެރުންތައް އިންވެސްޓްކޮށްގެން އެއިން ނަފާ ހޯފަމުންދާ މުއައްސަސާއަކަށްވާތީ، މައްސަލައިގައި އަނިޔާ ލިބުނު މީހާއަށް، މައްސަލަ ހިނގަމުންދާ ގޮތާއި، ޝެޑިއުލްކުރާ ދުވަސްތަކާއި، އެދުވަސްތަކުގައި މައްސަލައަށްވީ ގޮތް، އެއޮފީހުގެ ވެބްސައިޓުން ބެލޭނޭ އިންތިޒާމު މިހާރު ހަމަޖައްސާފައިވާކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

އޭގެ ބޭނުމަކީ، ކުށުގެ ޝިކާރައަކަށްވީ މީހާއަށް ޖިނާއީ ޢަދުލުގެ ނިޒާމު ހިނގާގޮތާބެހޭ މަޢުލޫމާތު ދިނުމާއި، އޭނާއަށް އިންޞާފު ހޯދައިދިނުމުގައި ދައުލަތުންކުރާ މަސައްކަތްތައް އޭނާއަށް އަންގައިދޭ، މިކަމުގައި އޭނާގެ ބައިވެރިވުންވެސް އިތުރުކުރުންކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ އެއް މަޤްޞަދަކީ، ގެވެށި އަނިޔާގެ ޢަމަލުގެ ޝިކާރައަކަށްވީ މީހާއަށް އެކަށީގެންވާ ރައްކާތެރިކަމާއި ޙިމާޔަތް ލިބިދިނުންކަން ފާހަގަކުރައްވާ ޕީޖީ އޮފީހުން ވިދާޅުވީ، ގެވެށި އަނިޔާގެ ޢަމަލަކާ ގުޅިގެން ޖިނާއީ ދަޢުވާ އުފުލޭ ހާލަތުގައި، މައްސަލައިގެ ޝަރީޢަތް އަވަހަށް ހިންގައި މައްސަލަ ނިމި، އަވަހަށް އިންސާފު ޤާއިމުވުމަކީ، ގެވެށި އަނިޔާގެ ޢަމަލުގެ ޝިކާރައަކަށްވީ މީހާއަށް އެކަށީގެންވާ ރައްކާތެރިކަމާއި ޙިމާޔަތް ލިބިދިނުމަށްޓަކައި މުހިއްމު ކަމެއްކަމަށެވެ.

އެހެންކަމުން ޕީޖީ އޮފީހުން ދަޢުވާކުރާ ގެވެށި އަނިޔާއާގުޅޭ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ހުރި މުއްދަތުތަކާ އެއްގޮތަށް، ވީއެންމެ އަވަހަކަށް މައްސަލަ ތާވަލުކޮށްދެއްވައި، ޢަދުލުވެރިކަމާއި ތެދުވެރިކަމާއި އަދި މެދުކެނޑުމެއްނެތި ޝަރީޢަތް ހިންގުމުގައި މެދުކެނޑުމެއް ނެތި މި މައްސަލައިގެ ޝަރީޢަތް ހިންގަވައިދެއްވައި މައްސަލަ ނިންމަވައިދެއްވުން އެދި، މިބާވަތުގެ ކޮންމެ މައްސަލައެއްގައި، އެމައްސަލައެއް ހުށަހަޅާ ކޯޓަށް އޮޓޮމެޓިކުން ސިޓީއެއް ފޮނުވަން ފަށާފައިވާކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

އެމައްސަލައަކީ ގެވެށި އަނިޔާގެ މައްސަލައެއްކަމަށް ބެލެވޭ ކޮންމެ މައްސަލައެއްގައި، އެސިޓީ މިހާރު ދާނީ ތައްޔާރުކުރެވި ކޯޓަށް ފޮނުވެމުންކަމަށާއި، މައްސަލަ ލަސްވެގެން، ނުވަތަ އެނޫންވެސް ސަބަބަކާހުރެ ފަހުން މީހަކު ބެލިޔަސް، އެމުޢާމަލާތުތައް ފެންނަން ހުންނާނެކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. މީގެ ބޭނުމަކީ، ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމަވައްދެއްވުމަށް ކޯޓުތަކަށް ބާރު އެޅުންކަމަށް ޕްރޮސެކއިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވިއެވެ.

ޕީޖީ އޮފީހުން ވިދާޅުވާ ގޮތުގައި ފަންނިއްޔާތުގެ އެކި ވަޞީލަތްތައް ބޭނުންކޮށްގެން، ރައްޔިތުންނަށް ދޭ ޚިދުމަތްތައް ފަސޭހަކޮށް، ފުޅާކުރުމުގައި އަބަދުވެސް، އެ އޮފީހުން އަންނަނީ މަސައްކަތްކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside