
ޕާޓީތަކަށް ފިޔަވަޅު އެޅުމުގައި ގެންގުޅޭ އުސޫލު ހަރުދަނާކުރުމަށް މަޝްވަރާތަކެއް
# އިލެކްޝަންސް ކޮޮމިޝަންފޮޓޯ: އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކާއެކު ކުރިއަށްގެންދާ ބައްދަލުވުންތަކުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ޕާޓީތަކަށް ފިޔަވަޅު އެޅުމުގައި ގެންގުޅޭ އުސޫލު ހަރުދަނާކުރުމަށްކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ސިޔާސީ ޕާޓީތަކާއެކު އިލެކްޝަންސް ކޮމިޝަނުން ބާއްވަމުންދާ ބައްދަލުވުންތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްތީގަތުމެއްގައެވެ.
ހަސަން ޒަކަރިއްޔާ ވިދާޅުވީ ޕާޓީތަކަށް ފިޔަވަޅުއެޅުމުގައި ޕާޓީތަކަށް ޤަބޫލުކުރެވޭ ހަމަހަމަ އުސޫލެއް ގެންގުޅުމަކީ މުހިންމުކަމެއްކަމަށް އެ ކޮމިޝަނުން ޤަބޫލުކުރާކަމަށާއި އެހެންކަމުން ޕާޓީތަކާއި މަޝްވަރާކޮށްގެން އެ އުސޫލު ހަރުދަނާކުރުމަކީ ކޮމިޝަންގެ ވިސްނުންކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ސިލްސިލާކޮށް ސިޔާސީ ޕާޓީތަކާއި ބައްދަލުކުރަމުން އައިސްފައިވާ ކަމަށާއި، މިހާރު ސިޔާސީ ޕާޓީތަކުގެ ބައްދަލުވުންތައް ފަށާފައި މި ވަނީ އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހުގައި ކަމަށް ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ އެގޮތުން ފާއިތުވި 2 ހަފްތާއެއްހާ ދުވަހު ސިޔާސީ ޕާޓީތަކާއި އެކު މަޝްވަރާ ބައްދަލުވުންތައްކުރިއަށް ގެންގޮސްފައިވާކަމަށާއި ތާވަލާއި އެއްގޮތަށް މަސައްކަތް ކުރިއަށް ދާނަމަ އަންނަ އޮގަސްޓްމަހުގެ ކުރީކޮޅާއި ހިސާބަށް ހުރިހާ ސިޔާސީ ޕާޓީއަކާއި ވަކިވަކިން ބައްދަލުކުރެވޭނެ ކަމަށެވެ. އަދި އެހާ ހިސާބުން ހުރިހާ ޕާޓީތައް އެކުވެގެން މަޝްވަރާތައް ފެށޭނެކަމަށް އުއްމީދުކުރެވޭކަމަށް ވެސް ވިދާޅުވިއެވެ.މިހާތަނަށް އެ ކޮމިޝަނުން ބައްދަލުކޮށްފައިވާ ދެ ޕާޓީއަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އެވެ. ހަސަން ވިދާޅުވީ އެ ބައްދަލުވުންތަކުގައި ޕާޓީތަކަށް ދިމާވާ ދަތިތަކާއި، ކަންކަން ވިލަރެސްކުރުމުގައި ޕާޓީތަކަށް ފަސޭހަވާނެ ގޮތަށް އުސޫލަސް އިސްލާޙު ގެނައުމާއި މެދު ޕާޓީތަކާއެކު މަޝްވަރާކޮށްފައިވާ ކަަމަށެވެ.
ގުޅުންހުރި

ޕާޓީތަކަށް ފިޔަވަޅު އެޅުމުގައި ގެންގުޅޭ އުސޫލު ހަރުދަނާކުރުމަށް މަޝްވަރާތަކެއް

ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލާއެކު އީ-ވޯޓިންގެ ބަހުސް ހޫނުވެފައިވަނިކޮށް އީސީގެ ރައީސްގެ ތަފްސީލީ ޖަވާބެއް!

ހިތަދޫ އުތުރު ބައި އިލެކްޝަން: 4 ޖެހުމާއި ހަމައަށް 62 އިންސައްތަ މީހުން ވޯޓުލައިފި




