logoEN
WAMCO TOP 1
ހިތަދޫ އުތުރު ބައި އިލެކްޝަން: 4 ޖެހުމާއި ހަމައަށް 62 އިންސައްތަ މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ބައި އިލެކްޝަން: 4 ޖެހުމާއި ހަމައަށް 62 އިންސައްތަ މީހުން ވޯޓުލައިފި

އަހުމަދު ޝުރާއު

logo

6/6/2026, 11:42:10 AM

# އިލެކްޝަންސް ކޮޮމިޝަން

-

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި މިހާތަނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވާ ގާތްގަނޑަކަށް 62 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ތެރެއިން މިއަދު މެންދުރުފަހު 16:00 އާ ހަމައަށް ޖުމްލަ 2563 މީހުން ވަނީ ވޯޓުލާފައެެވެ.

އެއީ ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ 62.19 އިންސައްތައެވެ. މީގެ ތެރޭގައި ހިމެނެނީ 1370 ފިރިހެނުންނާއި 1193 އަންހެނުންނެވެ. މި ބައި-އިލެކްޝަންގައި ޖުމްލަ 4121 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވާއިރު، އޭގެ ތެރޭގައި ހިމެނެނީ 2073 އަންހެނުންނާއި 2048 ފިރިހެނުންނެވެ.

މިއަދު ހެނދުނު 8:00 ޖެހިއިރު ފެށި މި ވޯޓުލުމުގެ ހަރަކާތްތައް މިއަދު ހަވީރު 17:00 ގައި ބަންދުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. މި އިންތިޚާބަށްޓަކައި ޖުމްލަ 7 ވޯޓު ފޮއްޓެއް ބަހައްޓާފައިވާއިރު، އޭގެ ތެރެއިން 2 ފޮށި ހުރީ މާލޭގެ ދަރުމަވަންތަ ސްކޫލުގައެވެ. އަދި ބާކީ 5 ފޮށި ބަހައްޓާފައިވަނީ އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، 2024 ވަނަ އަހަރު އެ ދާއިރާއަށް އިންތިޚާބު ކުރި މުޙައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަން ސާބިތުވެ، އެ ދަރަނި ޙުކުމާ އެއްގޮތަށް ދައްކާފައި ނުވާތީ، ސުޕްރީމް ކޯޓުން ކުރި ޙުކުމަކާ ގުޅިގެން އޭނާގެ މެންބަރުކަމުގެ ގޮނޑި ގެއްލުމުންނެވެ.

ކޮމެންޓް
ފަހުގެ
HDC