
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓާސް ލިސްޓުގައި ކެނޑިޑޭޓުން ސޮއިކޮށްފި
# އިލެކްޝަންސް ކޮޮމިޝަން-
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން މިއަދު ސޮއިކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އިންތިޚާބާއި ބެހޭ މަރުކަޒުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްދިޔައީ މިއަދު ހެނދުނު 10:30 އިން މެންދުރުފަހު 13:30 އަށެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 4,121 މީހުންނަށް ލިބިގެންވެއެވެ. އަދި މި އިންތިޚާބުގައި ޖުމްލަ 7 ވޯޓު ފޮއްޓެއް ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އެއީ މާލޭގައި ބަހައްޓާ 2 ވޯޓު ފޮއްޓާއި، އައްޑޫ ސިޓީގައި ބަހައްޓާ 5 ވޯޓު ފޮއްޓެވެ.
މި ދާއިރާގެ މަޖިލިސް ގޮނޑި ހުސްވާން ދިމާވީ، 2024 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބުގައި އެ ދާއިރާއަށް އިންތިޚާބުވި މުޙައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮވެ، ކޯޓުގެ ޙުކުމާ އެއްގޮތަށް އެ ދަރަނި ދައްކާފައިނުވާތީއެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ކުރި ޙުކުމާއެކު ސިނާންގެ މެންބަރުކަމުގެ ޝަރުޠު ހަމަނުވާ ކަމަށް ނިންމައި ގޮނޑި ވަނީ ހުސްވެފައެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމުގެ މުއްދަތު ހަމަވިއިރު ކުރިމަތިލައްވާފައިވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ:
- އަޙްމަދު ސަޢީދު – ވެރިކަންކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީއެންސީ)
- ޢަބްދުﷲ ޞާދިޤް – އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)
ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކޮށް ނިމުމާއެކު، އިންތިޚާބުގެ ފަހުގެ ތައްޔާރީތައް އީސީން މިހާރު ދަނީ ވަމުންނެވެ.
ގުޅުންހުރި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓާސް ލިސްޓުގައި ކެނޑިޑޭޓުން ސޮއިކޮށްފި

ދ. މީދޫ ކައުންސިލް ރައީސް ހޮވުމުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލައިފި

އީސީގެ ރައީސްކަމުގެ މަގާމުން ޒާހިދު އިސްތިއުފާ ދެއްވައިފި




